9770
CONFIRMED

DEATHS
8390
RECOVERED
🌏31,245,797
INFECTED
🌏21,394,593
RECOVERED
🌏963,693
DEATH
🌏68%
RECOVERY RATE
ސަލާހް ފުރަތަމަ މެޗުގައި ހެޓްރިކް
ސަލާހްގެ ހެޓްރިކާ އެކު ލިވަޕޫލަށް މޮޅެއް
Share
މުހައްމަދު ސަލާހުގެ ހެޓްރިކަކާއި އެކު ޑިފެންޑިން ޗެމްޕިއަން ލިވަޕޫލުން ޕްރިމިއަ ލީގުގައި އެ ޓީމުގެ ފުރަތަމަ މެޗުން، އުނދަގޫ މޮޅަކުން މޮޅުވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލުން ލީޑްސްގެ މައްޗަށް ކުރި ހޯދީ ހަތަރު ލަނޑު ތިން ލަނޑުންނެވެ.
Advertisement

މެޗުގެ ވަރަށް ކުރީކޮޅު، ލިވަޕޫލުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން ސަލާހެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ލީޑްސްގެ ޖެކް ހެރިސަން ވަނީ ލަނޑެއް ޖަހާ ނަތީޖާއެއްވަރުކޮށްފައެވެ. ލިވަޕޫލުން ދެވަނަ ފަހަރަށް ކުރި ހޯދީ، ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ގޯލުންނެވެ. އަނެއްކާވެސް ލީޑްސްއިން ދެވަނަ ފަހަރަށް އެއްވަރު ކުރިއެވެ. މި ފަހަރު ލިވަޕޫލްގެ ވެން ޑައިކް ހެދި ގޯހެއްގެ އެޑްވާންޓޭޖް ނަގައި ލީޑްސްއަށް ލަނޑު ޖަހައިދިނީ ޕެޓްރިކް ބަމްފޯޑެވެ. ދެވަނަ ފަހަރަށް ލީޑްސްއިން އެއްވަރު ކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަލާހްވަނީ އިތުރު ލަނޑެއް ޖަހާ އަނެއްކާވެސް ލިވަޕޫލަށް ކުރި ހޯދައިދީފައެވެ.

ލީޑްސްއަށް ތިންވަނަ ފަހަރަށް އެއްވަރުކޮށްދިނީ ދެ ވަނަ ހާފުގައި މަޓެއުޒް ކްލިޗްގެ ގޯލަކުންނެވެ. މި ނަތީޖާއާއި އެކު ތިނެއް ތިނަކުން އެއްވަރުވެގެން މެޗު ނިމެންދަނިކޮށް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިވަޕޫލަށް އަނެއްކާވެސް ލިބުނީ ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް، ހެޓްރިކަކާއި އެކު ލިވަޕޫލަށް ކުރި ހޯދައިދިނީ އަނެއްކާވެސް ސަލާހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް