އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ވަނީ އެ ދުވަސް ފާހަގަކުރި ގޮތުގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އިއްޔެ އަކްޝޭ ވަނީ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވުމުން ހުރިހާ ފޭނުންނަށް ޝުކުރު އަދާކޮށް އިންސްޓަގްރާމުގައި ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯގައި އަކްޝޭ ވަނީ ތިން ދުވަސް ފަހުން ޝުކުރު އަދާ ކުރެވުމުން މައާފަށް އެދިފަ އެވެ. އެގޮތަށް ދިމާވީ ފިލްމު "ބެލް ބޮޓޮމް" ގެ ޝޫޓިން އޮތީމަ ކަމަށް ވެސް ބުނެފައި ވެއެވެ.
އުފަން ދުވަސް ފާހަގަކުރުމަށް ބައެއް ފޭނުން ގަސް އިންދާ، ފަގީރުންނަށް ކާތަކެތި ބަހާފައިވާ ކަމަށާއި، އެކަންކަމަށް ޝުކުރު އަދާ ކުރާ ކަމަށް އަކްޝޭ ބުންޏެވެ.
އަކްޝޭއަކީ ނިއު ނޯމަލްގައި އިންޑިއާއިން ބޭރުގައި ފިލްމެއްގެ މަސައްކަތް ފެށި ފުރަތަމަ ބޮލީވުޑު އެކްޓަރެވެ. "ބެލް ބޮޓޮމް" ގެ ޝޫޓިން ކުރިއަށް ދަނީ އިނގިރޭސިވިލާތުގަ އެވެ.