ads
ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ފޮޓޯތަކެއް--
ޕްރިޔަންކާގެ "ފޮއެވާ ގާއި" އާއެކު ލޯބި ފޮޓޯއެއް
ޕްރިޔަންކާ ޗޯޕްރާއަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ތަރިއެކެވެ. ކޮވިޑް-19 އާ ގުޅިގެން މި ވަގުތު ލޮސް އެންޖެލަސްގައި އަމިއްލަ ގޭގައި ހުރި ނަމަވެސް އޭނާ ދަނީ ފޭނުންނާ ކަންކަން ހިއްސާ ކުރަމުންނެވެ.

މި ފަހަރު ޕްރިޔަންކާ އިންސްޓަގްރާމުގައި އާއްމުކޮށްފައި މި ވަނީ ފިރިމީހާ ނިކް ޖޯނަސް އާއެކު ހުރި ލޯބި ފޮޓޯ އެކެވެ. މި ފޮޓޯގައި ދެމަފިރިން ކުޑަކޮށް ބައްދާލައިގެން ތިބިއިރު، އަތް ވެސް ވަނީ ޖޯޑުކޮށްލާފަ އެވެ. 

އެ ފޮޓޯ އާއެކު ޕްރިޔަންކާ ބުނެފައި ވަނީ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ނިކް ވުމުން އަބަދަށް ވެސް ޝުކުރުވެރިވާނެ ކަމަށާއި، ނިކް އަކީ އޭނާގެ "ފޮއެވާ ގައި" ކަމަށެވެ. 

ޕްރިޔަންކާ ދާދި ފަހުން ވަނީ ނިއްކުރި މަތިން އިސްތަށިގަނޑު ކޮށާލާ، ބޭންގްސް ހެއާސްޓައިލަށް ބަދަލުކޮށްފަ އެވެ. 

އެގޮތުން އޭނާގެ ފުރަތަމަ މިއުޒިކް ސިންގަލް "އިން މައި ސިޓީ" 2012 ވަނަ އަހަރު ރިލީޒް ކުރިއިރު ވެސް ހުރީ މި ގޮތަށެވެ. އަދި 2013 ގައި ފިލްމު "ޒަންޖީރު" އަދި 2014 ގައި "މޭރީ ކޮމް" ގައި ހުރި މިގޮތަށެވެ. 

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ނިކް އާއި ޕްރިޔަންކާ ގޭގައި އަމިއްލައަށް ކަރަންޓީނުވެގެން ތިބޭތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ ޝޮނާލީ ބޯޒޭގެ "ދަ ސްކައި އިޒް ޕިންކް" އިންނެވެ. އެ ފިލްމުގައި ދެން އުޅުނީ ޒައިރާ ވަސީމް އާއި ފަރްހާން އަހްތަރެވެ. 

އޭނާގެ ކުރިއަށް އޮތް ބޮލީވުޑް ފިލްމު އަދި އިއުލާންކޮށްފައެއް ނުވެ އެވެ. ހޮލީވުޑުން ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނީ ކިއާނޫ ރީވްސްގެ އެކްޝަން ފިލްމު "މެޓްރިކްސް 4" އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް