ads
ހުޅުމާލޭ މެޑިކަލް ފެސިލިޓީ--
ރާއްޖެއިން ކޮވިޑްގައި 32 ވަނަ މީހާ މަރުވެއްޖެ
ކޮވިޑް19 އަށް ފަރުވާދެމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ބުނެފައިވަނީ ރޭ ފަތިހު 03:55 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި ފަރުވާދެމުން އައި މީހަކު މަރުވެފައިވާ ކަމަށެވެ. 

އެގޮތުން މަރުވެފައިވަނީ 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދީފައިވެ އެވެ. މިއީ ރާއްޖެއިން ކޮވިޑް19 ގައި މަރުވި 32 ވަނަ މީހާއެވެ. 

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9000 އިން މައްޗަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދަކީ 9052 މީހުންނެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1960 މީހުންނެވެ.

ރާއްޖެއިން މިހާރު 7055 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން 116 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް