ads
ސަރުކާރުން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ކުށްވެރިކުރަން: ޑީއާރްޕީ
އިދިކޮޅު ޕީޕީއެމް ޕީއެންސީން އިއްޔެ ބޭއްވި ސައިކަލު ބުރު ހުއްޓުވުމުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން އެކަން ކުށްވެރިކޮށްފި އެވެ.

ޑީއާރްޕީއިން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ، ސަރުކާރުން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއްވުމުން ހައްޔަރުކުރި ފަރާތްތަކާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް ޑީއާރްޕީގެ ޓްވީޓްގައި ފާހަގަކޮށްފައިވެ އެވެ. 

"ކޮވިޑް19 އުޒުރަކަށް ހަދާ، ރައްޔިތުން ހިޔާލުފާޅު ކުރަން މަގުމަށްޗަށް ނުކުތުމުން، ވެރިޔަކީ ކާކުކަން އޮޅިފައިވާ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ވަރަށް ހަރުކަށިކޮށް ޑީއާރްޕީ އިން ކުށްވެރިކުރަން،" ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

އޭގެ އިތުރުން ޑީއާރްޕީން ކޮށްފައިވާ ޓްވީޓްގައި ވަނީ ޑީއާރްޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ވެސް ގޮވާލާފަ އެވެ. 

އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އިއްޔެ މާލޭގައި އިދިކޮޅުން ސައިކަލު ބުރެއް ބާއްވާފައިވާއިރު އެ އެއްވުން ފެށުމުގެ ކުރިން ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އެހެން ނަމަވެސް އިދިކޮޅުން އެޗްޕީއޭގެ ގައިޑްލައިނާއިހިލާފަށް އެއްވުން ކުރިއަށް ގެންގޮސްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް