ads
އެމްޕީއެލް ސަރަހައްދު--
ހޭންޑިލް އާއި ވޯފޭޖް ޗާޖަށް ގެނައި ބަދަލަށް އަމަލު ކުރުން ފަސްކޮށްފި
މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުން ނަގާ ހޭންޑިލް އާއި ވޯފޭޖް ޗާޖަށް ގެނައި ބަދަލަށް އަމަލު ކުރުން ފަސްކޮށްފި އެވެ.

މި މަހު ކުރީކޮޅު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ރޭގަނޑު ކުރާ މަސައްކަތުން ނަގަމުން އައި 30 ޕަސެންޓު ސާޗަޖު ކަނޑާލަން ނިންމާފަ އެވެ. 

އަދި އޭގެ ސަބަބުން އެމްޕީއެލްގެ އާމްދަނީއަށް އަންނަ ބަދަލު ކުޑަކުރުމުގެ ގޮތުން ހޭންޑްލިން އާއި ވޯފޭޖުން ހަތް ޕަސަންޓު އިތުރު ކުރުމަށް ނިންމާފައި ވެއެވެ. 

އެކަމަކު އިއްޔެ އެ ކުންފުނިން ބުނެފައި ވަނީ ހޭންޑްލިން އާއި ވޯފޭޖަށް ގެނައި ބަދަލަށް އަމަލު ކުރަން ފަށާނީ އޮކްޓޯބަރު މަހުން ފެށިގެން ކަމަށެވެ. 

އޭގެ އިތުރުން މި މަހު ކުރީކޮޅު ނިންމި ގޮތަށް، މިއަދުން ފެށިގެން 30 ޕަސަންޓު ސާޗާޖު ނުނަގާނެ ކަމަށް ވެސް އެމްޕީއެލުން ނެރުނު ލިޔުމުގައި ވެއެވެ. 

އެމްޕީއެލްގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް، މުހައްމަދު އަމީޒް ކުރިން ވިދާޅުވީ ރޭގަނޑު 11:30 އިން ފެށިގެން ހެނދުނު 07:30 އަށް ސާޖާޗް ނަގަމުން ދާތީ ބައެއް ޝިޕިން އެޖެންޓުން ކަސްޓަމަރުން އަތުން އިތުރު ފީ އެވަގުތު ނޫނަސް ނަގަމުން އަންނަ ކަމަށެވެ. 

"އަސްލު އެ ބޭފުޅުންގެ އެކްސްކިއުޒަކަށް މި އިންނަނީ އެ ބޭފުޅުންނަކަށް ނޭނގެއޭ ކޮން ކޮންޓެއިނާތަކެއް ކަމެއް ބާލުވަނީ އެގަޑީގައި. މިހެން ބަދަލުކޮށްލީމަ ކަސްޓަމަރުންނަށް މި ސަޕްރައިޒް ޗާޖުތަކެއް ނާންނާނެ ދެއްތޯ،" އޭނާ ވިދާޅުވި އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް