ads
ކުޅުދުއްފުށީ ހޮސްޕިޓަލު ބޮޑުކުރުމުގެ މަސައްކަތް--
ކުޅުދުއްފުށީ ހޮސްޕިޓަލު ބޮޑުކުރުމުގެ 18 އިންސައްތަ މަސައްކަތް ނިމިއްޖެ
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތުގެ 18 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ދެ ފަންގިފިލާ ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 30 އެނދުގެ ވާޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގްރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހެ އެވެ. 

އެ މަޝްރޫއުއާ ގުޅިގެން އެމްޓީސީސީން ބުނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން، ފުރަތަމަ ފަންގިފިލާގެ ލިފްޓުގެ ފާރު ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. 

އެގޮތުން ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް މަސައްކަތް މިދިޔަ ޖޫން މަހުގެ ކުރީކޮޅު އެމްޓީސީސީން ފަށާފައިވާއިރު އެ މަޝްރޫއުއަކީ 30 މިލިއަން ރުޕިޔާގެ މަޝްރޫއުއެެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.

ކުޅުދުފުއްޓަކީ ޖުމްލަ 10،150 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ އިތުރުން ހއ. ހދ އަދި ށ. އަތޮޅުގެ މީހުން ސިއްހީ ހިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު އެރަށަށް ދަތުރުކުރެ އެވެ. ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 310 މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ. އަދި އެވްރެޖު ގޮތެއްގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 19 މީހުން ފަރުވާއަށް މާލެ ފޮނުވަން ޖެހެ އެވެ.

އެ ހޮސްޕިޓަލުގެ ހިދުމަތާ މެދު އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު އެ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ވެސް މެއެވެ. އެކަން ހަގީގަތަކަށް ހެދުމަށްޓަކައި އެރަށުގައި ޓާޝަރީ ހޮސްޕިޓަލު އަޅާނެ ބިން ކަނޑައަޅާ، މިހާރު ވަނީ ޓާޝަރީ ހޮސްޕިޓަލު އަޅައިދޭނެ ބަޔަކު ހޯދަން ވެސް އިއުލާންކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް