ads
ކޮވިޑް ވެކްސިން--
އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޑް-19 ވެކްސިން އަލުން ޓެސްޓު ކުރަން ފަށައިފި
އެސްޓްރާޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފައްދަމުން އަންނަ ކޮވިޑް-19 ވެކްސިން ޓެސްޓު ކުރުމުގެ ފަހު މަރުހަލާގައި ބައިވެރިއަކު ބަލިވުމުން، ޓެސްޓުތައް މެދުކަނޑާލުމަށް ފަހު އަލުން ފަށައިފި އެވެ.

އެ ވެކްސިން ޓެސްޓު ކުރުން މެދުކަނޑާލިކަން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެކަމަކު އަނެއްކާ އިއްޔެ އިއުލާންކޮށްފައި ވަނީ އޭގެ ޓެސްޓުތައް އަލުން ފެށި ކަމަށެވެ. 

އިނގިރޭސި ހެލްތު ސެކެޓްރީ މެޓް ހޭންކޮކް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ޓެސްޓު ކުރުން މެދުކަނޑާލުމުން ދޭހަވަނީ އާއްމު ސިއްހަތު ކުރިއަށް ނެރޭނެކަން ކަމުގައި ވިދާޅުވި އެވެ. 

އޮކްސްފޯޑް ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ބޮޑު ޓެސްޓެއްގައި ބައެއް ބައިވެރިން ބަލިވާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ. 

އަދި ޓެސްޓުތައް ކުރިއަށް ގެންދަން ނިންމީ ކަމާ ގުޅޭ ފަރާތްތަކުން ދިން އިރުޝާދަށް ބެލުމަށް ފަހުގައި ކަމަށް ބުނެފައި ވެއެވެ. އޭގެ ތެރޭގައި އިނގިރޭސި މެޑިސިންސް އެންޑް ހެލްތުކެއާ ރެގިއުލޭޓަރީ އޭޖެންސީ ހިމެނެ އެވެ. 

ވެކްސިން ޓެސްޓު ކުރުމުގައި ބައިވެރިވި މީހަކު ބަލިވި ނަމަވެސް، ޒާތީ މައުލޫމާތު ހިފެހެއްޓުމަށްޓަކައި އެކަމާ ބެހޭ އިތުރު ތަފްސީލް ނުދޭން އެ ޔުނިވާސިޓީން ވަނީ ނިންމާފަ އެވެ. 

އެކަމަކު ނިއު ޔޯކް ޓައިމްސް އިން ރިޕޯޓު ކުރާ ގޮތުގައި އެ މީހާއަށް ޖެހިފައި ވަނީ ވައިރަލް އިންފެކްޝަންގެ ސަބަބުން މައިބަދައަށް ދިމާވާ މައްސަލަ އެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި އެކި ގައުމުތަކުގައި 180 އަށް ވުރެ ގިނަ ވެކްސިން މިހާރު ވެސް ދަނީ ޓެސްޓު ކުރަމުންނެވެ. 

އެ ވެކްސިންތަކުގެ ތެރެއިން އޮކްސްފޯޑް ޔުނިވާސިޓީން އުފައްދަމުން އަންނަ ވެކްސިކީ ކާމިޔާބު ވާނެ ކަމުގެ އުއްމީދު ބޮޑު ވެކްސިނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް