ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު ކޮންމެވެސް ވަރަކަށް މަދުވުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މެދު ފަރުވާކުޑަކުރަންވީ ސަބަބެއް ނޫންކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޒަރޫރީ ބޭނުމަކާ ނުލާ ބޭރަށް ނުނިކުތުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ޕާޓީތަކާއި އާއިލީ އެއްވުންތަކުގެ އިތުރުން އިތުރު އެއްވުންތައްވެސް ބާއްވާ ހާލަތަށް އަދި ނުދާކަމަށް ވެސް ވިދާޅުވި އެވެ. ފަރުވާ ކުޑަކުރެވިއްޖެ ނަމަ އަނެއްކާވެސް ކޭސްތައް ފެންނަ މިންވަރު އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ މިފަދައިން ވިދާޅުވެފައިވާއިރު، އިއްޔެވެސް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ މާލޭގައި އެއްވުމެއްކުރި އަަށް ގެންގޮސްފައެވެ.