ads
އިއްޔެ ބޭއްވި ސައިކަލު ބުރަށް ފުލުހުން ހުރަސް އަޅަނީ--
ސައިކަލު ބުރުން ހައްޔަރު ކުރި 40 މީހަކު ދޫކޮށްލައިފި، އެންމެން ޖޫރިމަނާ
ސަރުކާރާ ދެކޮޅަށް އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރުން ހައްޔަރު ކުރި މީހުން ޖޫރިމަނާކޮށް، އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް އެއްވުމުން ހައްޔަރު ކުރި ކޮންމެ މީހަކު 1،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. 

ހައްޔަރު ކުރި 41 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ މީހުންގެ ލައިސަންސް ހިފަހައްޓާފައި ނުވާ ކަމަށް ބުންޏެވެ. 

އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރަކީ ޒުވާނުން އިސްނަގައިގެން ބޭއްވި ހަރަކާތެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނި ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސްވެރިން އެ ހަރަކާތުގައި ބައިވެރިވި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. 

އިއްޔެގެ ސައިކަލު ބުރުގައި އެޗްޕީއޭގެ އެންގުމާ ހިލާފުވެވިފައި ވަނީ ފުލުހުންގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް