ads
ނ. މަނަދޫ-- ފޮޓޯ: މަނަދޫ ކައުންސިލް
މަނަދޫއިން 26 މީހަކު ކަރަންޓީންކޮށްފި
ނ. މަނަދޫ އިން 26 މީހަކު ކޮންޓެކްޓް ޓްރޭސިންގެ ދަށުން ކަރަންޓީން ކޮށްފައިވާ ކަމަށް ނ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އިސްމާއިލް ޝަފީގް ސީއެންއެމްއަށް ވިދަޅުވީ ކޮންޓެކްޓް ޓްރޭސިންގެ ދަށުން 26 މީހަކު ކަރަންޓީނު ކުރެވިފައިވީ ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތް އަދި ފެނިފައި ނުވާ ކަމަށެވެ. 

ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރޭގައި ހައި ރިސްކް ދެމީހަކު އުޅޭ ކަމަށާއި އެއްވެސް މީހެއްގެ އަލާމާތެއް އަދި ފެނިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. 

"މޮނިޓަރިންގައި އޮތުމުން ރަށުގެ ރައްޔިތުންނަށާއި ނ. އަތޮޅު ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތި ވަމުންދޭ. ހާއްސަކޮށް ހޮސްޕިޓަލް ލެވެލްގައި ކުރަން ޖެހޭ މެޑިކަލް ކަންތަކުގައި ވެސް އަޅުގަނޑުމެން މޯބައިލް ލެބޯޓަރީއެއް އޮންނާނެ. ރަށުން ސާމްޕަލް ގެނެސްގެން. އެކަހަލަ ކަންތައްތަކުގައި ވެސް ދަތުރުފަތުރު ހުއްޓިފައި އޮންނާތި. މޮނިޓަރިންގަ އޮންނާތީ ވަރަށް އުދަގޫވޭ،" އޭނާ ވިދާޅުވި އެވެ.

މަނަދޫ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދު ކަރަންޓީނުގައި ހުރި މީހަކު މިމަހުގެ 11 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެންނެވެ. މަނަދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދިވެހި ފިރިހެނެކެވެ.

އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަަވަމުން ޝަފީގް ވިދާޅުވީ އެމީހާ ކަރަންޓީންގެ މުއްދަތު ހަމަވަމުން ނެގި ސާމްޕަލްތަކުން ބައްޔަށް ޕޮޒިިޓިވް ވުމާއިއެކު ކަރަންޓީނުގައި ބަހައްޓާފައިވާ މީހާއަށް އެކަން އަންގަން ބެލިއިރު އެމީހާ ކަރަންޓީނު ކޮށްފައި ހުރި ތަނުގައި ނެތް ކަމަށާއި ފުލުހުންނަށް އޭނާ ފެނިފައިވަނީ ދޯންޏެއްގައި ބަޔަކާއިއެކު ފީނަން ގޮސް އުޅެނިކޮށް ކަމަށެވެ. 

ޝަފީގް ވިދާޅުވީ މިހާތަނަށް ހެދި ކޮންޓެކްޓް ޓްރޭސިންގައި ރަށުން ބޭރުން އެމީހާއާ ކޮންޓެކްޓުވެފައި ވަނީ ނ. މާފަރުގެ މީހަކާ ކަަމަށެވެ.

"މިކޮޅުން ހެދުނު ކޮންޓެކްޓް ޓްރޭސިންތަކުން މިހާތަނަށް ރަށުން ބޭޭރުން ކޮންޓެކްޓްވި މީހެއް ކަމަށް ފާހަގަކުރެވިފައި ވަނީ ފެނަކައިގެ ޓްކްނީޝައެއް. އެއީ މާފަރުގެ މީހެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިފައި ވަނީ. އެފަރާތާ ކޮންޓެކްޓް ވެފައި އިން،" އޭނާ ފާހަގަކުރެއްވި އެވެ.

މަނަދޫއިން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީނަށް ލާން ޖެހިފައި ވަނީ ކަރަންޓީން ގައި ބަހައްޓާފައި ވަނިކޮށް ނަތީޖާ ނުލިބެނީސް ބޭރުގައި އުޅުމުގެ ސަބަބުންކަން ޝަފީގް ފާހަގަކުރެއްވި އެވެ.

މަނަދޫއިން މީގެ ކުރިން ވެސް ފުރަބަންދު ކަރަންޓީނުގައި ތިބި ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދަކީ 9052 މީހުންނެވެ. އަދި ރޭ ފަތިހު 03:55 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި ފަރުވާދެމުން އައި 58 އަހަރުގެ ދިވެހި އަންހެނެއް ކޮވިޑް-19 ގައި ވަނީ މަރުވެފައެވެ. މިއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 32 ވަނަ މީހާ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް