ads
އައިޖީއެމްއެޗަށް ބަންގްލަދޭޝް ހައި ކޮމިޝަނުން ޕީޕީއީ ހަދިޔާކުރުން--
ބަންގްލަދޭޝް ހައި ކޮމިޝަނުން އައިޖީއެމްއެޗަށް ޕީޕީއީ ހަދިޔާކޮށްފި
ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބަންގްލަދޭޝް ހައި ކޮމިޝަނުގެ ފަރާތުން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ޕީޕީއީ ހަދިޔާކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު އައިޖީއެމްއެޗުގައި ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ތަކެތި ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރެވެ. އަދި އެ ހޮސްޕިޓަލުގެ ފަރާތުން ތަކެއްޗާއި ހަވާލުވީ ސީއީއޯ އިބްރާހީމް ސަލީމެވެ. 

އައިޖީއެމްއެޗުން މިއަދު ވަނީ އެގައުމުން ޕީޕީއީ ހަދިޔާކޮށްފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކޮށް ޓްވީޓެއްކޮށްފަ އެވެ. 

ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް އަމިއްލަ ފަރާތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ މިދަނޑިވަޅުގައި މިފަހުން އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ވެސް އެ ހޮސްޕިޓަލަށް ޕީސީއާރު މެޝިނެއް ހަދިޔާކޮށްފައިވެ އެވެ. 

މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ޓެސްޓް ކުރެވެނީ އައިޖީއެމްއެެޗްގެ އިތުރުން ފުލުހުންގެ ލެބާއި އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުންނެވެ. އަދި ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް