ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ޔާމީން އެކައުންޓުތައް ދޫކޮށްލި މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓުތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ތަވަލް ކޮށްފިއެވެ.

ޔާމީންގެ ބޭޏްކު އެކައުންޓުތައް ފްރީޒްކުރަން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކުރިނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް އެކައުންޓްތައް ދޫކޮށްލާފައެވެ.

ޔާމީންގެ ބޭންކު އެކައުންޓުތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް މިހާރު ވަނީ ބޮޑެތި ބަދަލްތަކެއް އައިސްފައެވެ. ޔާމީންގެ މައްސަލަ މިހާރު ބައްލަވަނީ ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. 

ވޮޑަމުލާ ދޫކޮށްގެން ދައުލަަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމަށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ އަންނަނީ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އިތުރު ދެ ދައުވާއެއްވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ވަނީ އުފުލާފައެވެ. އެއީ ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް