9649
CONFIRMED

DEATHS
8188
RECOVERED
🌏30,406,197
INFECTED
🌏20,683,110
RECOVERED
🌏950,520
DEATH
🌏68%
RECOVERY RATE
އަނަންޔާ އަދި ބިޔޯންސޭ--
ބިޔޯންސޭގެ ނަން ބޭނުން ކުރުމުން ޖެހުނު މައްސަލާގައި ބަދަލުކޮށްލީ ސްޕެލިން!
Share
ރިލީސްކުރަން ހަމަޖެހިފައިވާ "ކާލީ ޕީލި"ގެ ޕްރޮމޯޝަން ލަވައިގައި ނަސްލީ ތަފާތު ކުރުން ދޭހަވާ ގޮތަކަށް މަޝްހޫރު އިންޓަނޭޝަނަލް ލަވަކިއުންތެރިއެއްގެ ނަން ހުއްދައަކާއި ނުލާ ބޭނުން ކޮށްފައިވާތީ އާއްމުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.
Advertisement

އަނަންޔާ ޕާންޑޭ އަދި އިޝާން އަކްތަރް އެކްޓް ކޮށްފައިވާ އެ ލަވައިގައި "ދޮންކޮޅާ، ކަލާ ފެނިފައި ބިޔޯންސޭ ވެސް ލަދުގަންނާނެ" ކަމަށް ބުނެފައިވާ ކަނޑިއަށް ޕޮއިންޓްކޮށް އެ ޖުމުލައަކީ އިންޓަނޭޝަނަލް ލަވަކިއުންތެރިއެއްގެ ނަން ބޭނުންކޮށްގެން ކަޅު ނަސްލަށް ކުޑައިމީސް ކުރުން ކަމަށް ބުނެ އެކަމުގެ ސަބަބުން ގާނޫނީ ގޮތުން އެ ލަވައާއި މެދު ފިޔަވަޅު އަޅާފާނެ ކަމަށް ރިޕޯޓްތައް ބުނެއެެވެެ.

އަދި ލީގަލް މައްސަލަތަކެއް ބިޔޯންސޭގެ ފަރާތުން ވެސް ފެންމަތިވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ އޭރު ބުނީ ލަވައިގެ ލިރިކްސް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އަލުން ލަވަ ބަދަލުކޮށް ނެރުނުއިރު ބަދަލުކޮށްފައިވަނީ ލަވައިގައި ހިމެނޭ ބިޔޯންސޭގެ ނަމުގެ ސްޕެލިންނެވެ. ބިޔޯންސޭގެ ނަމުގައި އަސްލު އިންނަ “ސީ” އަކުރުގެ ބަދަލުގައި ލަވައިގައި މިހާރު ބޭނުންކުރަން ހަމަޖެހިފައި އިނީ ”އެސް” އަކުރެވެ.

ލަވައިގެ ޕްރޮޑިއުސަރު މަގުބޫލް ހާން ވަނީ މައާފަށް އެދި ލަވައިގައި “ގޮރިއާ”(ދޮންކޮޅު) ބޭނުންކޮށްފައި ވަނީ ނަސްލީ ތަފާތުކުރުމުގެ މައްޗަށް ވިސްނާފައި ނޫން ކަމަށާއި އެބަހަކީ އިންޑިއާގެ ގިނަ ލަވަތަކެއްގައި އަންހެން ކުދިންނަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެއްކަން ފާހަގަކޮށް އެކަމަކީ މާބޮޑު މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ބުނެފައެވެ. 

މިލަވަ ރިލީސްކުރި ދުވަހުން ފެށިގެން މިހާތަނަށް 6.7 ލައްކައަށްވުރެ ގިނަ ޑިސްލައިކް ލިބިފައިވާއިރު އެ ސަބަބުތަކާއި ހެދި "ކާލީ ޕީލީ" ޓީޒާއަށްވެސް ވަނީ 1.7 މިލިއަނަށްވުރެ ގިނަ ޑައުންވޯޓް ލިބި ފާޑުކިއުން އަމާޒުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް