ads
ސައުދީ އެއާޕޯޓުތެރެ-
ސައުދީގެ ބޯޑަރު ހުޅުވާލަނީ ޖެނުއަރީ އެކެއްގައި
ކޮވިޑް-19 ގުޅިގެން ބަންދުކޮށްފައި އޮތް ސައުދީ އަރަބިއްޔާ އަންނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.

އާދިއްތަ ދުވަހު ސައުދީގެ ސަރުކާރުން އިއުލާންކުރި ގޮތުގައި ސައުދީން ބޭރުވާން މަނާކޮށްފައި އޮތްއޮތުން ނިމުމަކަަށް ގެނެސް، ސައުދީއަށް ދާން ބޭނުންވާ މީހުންނަށް އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފުރުސަތު ލިބޭނެ އެވެ.

ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސައުދީގެ އެއާޕޯޓްތައް ހިމެނޭ ގޮތަށް މުޅި ސައުދީ ހުޅުވާލުމަށް ނިންމާފައިވާއިރު ގަލްފް ކޯޕަރޭޝަން ކައުންސިލުން ބުނީ އެކި ގައުމުތަކުން އެގައުމަށް އުޅެން އަންނަ މީހުންނާއި އެމީހުންގެ މަސައްކަތްތެރިންނަށް ވެސް ވިސާއާއެކު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެތެރެވެވޭނެ ކަމަށެވެ. 

އެގައުމަށް އެތެރެވާ ފަރާތްތަކުން ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ޕްރޮޓޮކޯލްތަކަށް އިހުތިރާމް ކުރަން ޖެހެ އެވެ. އަދި ގައުމަށް އެތެރެވެވެނީ، ފުރުމުގެ 48 ގަޑިއިރުކުރިން ހަދާފައިވާ ކޮވިޑް ޓެސްޓެއްގެ ނެގެޓިވް ނަތީޖާއާ އެކު އެވެ. 

ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައި މިވަނީ ސައުދީގައި ވެސް ކޮވިޑްގެ ކޭސްތައް އިތުރުވާތީ އެވެ. އަދި ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ވެސް ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެވެ. އެގޮތުން މިހާރު ބައެއް ގައުމުތަކަށް ކޮވިޑްގެ ދެވަނަ ރާޅެއް އައިސްފައިވާއިރު އެ ފިތަވަޅުތަކަކީ ސައުދީއަށް ދެވަނަ ރާޅެއް އަޔަނުދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެއްކަން ވެސް ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް