ads
ކޮޅުފުށީގައި މަގުބައްތި ހަރުކުރުން ނިމުން ފާހަގަކުރުމަށް ބޭއްވި ވާޗުއަލް ރަސްމިއްޔާތު-- ފޮޓޯ: ފޮރިން މިނިސްޓްރީ
މ. ކޮޅުފުށީގައި މަގުބައްތި ހަރުކުރުމުގެ މަޝްރޫއު ނިންމާލައިފި
އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގި މ. ކޮޅުފުށީގައި މަގުބައްތި ހަރުކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

ކޮޅުފުށި ކައުންސިލުން ހިންގި 1.5 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން އެ ރަށުގައި ވަނީ 115 މަގުމަތީ ލައިޓު ހަރުކޮށްފަ އެވެ. 

މަޝްރޫއު ނިމުން ފާހަގަކުރުމަށް މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ކޮޅުފުށި ކައުންސިލުގެ ރައީސް ހުސެން ޝާމިލް އަދި އިންޑިއާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ކޮޅުފުށިގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަޝްރޫއަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ އެހީ ހަމަޖައްސަވައި ދެއްވިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ކޮޅުފުށީގެ މަތުގަތައް އަލިކުރެވުމުން، އެރަށުގައި ހިންގާ ކުށްތައް މަދުކުރެވި، ރަށުގެ ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

އެ ރަސްމިއްޔާތުގައި ސަންޖޭ ވިދާޅުވީ މި މަޝްރޫއުއަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ސްކީމްގައި ބައިވެރި ކުރުމަށް އެންމެ އެކަށޭނެ އެއް މަޝްރޫއު ކަމަށެވެ.

އިންޑިއާގެ އެހީގައި ހިންގާ މިފަދަ ހުރިހާ މަޝްރޫއަކީ ވެސް ލޯކަލް ކައުންސިލްތަކުގެ ބައިވެރިވުމާއެކު ކުރިއަށްދާ މަޝްރޫއުތައް ކަމަށާއި މަސައްކަތް ނިމުމާއެކު އެއީ އެ ރަށެއްގެ ރައްޔިތުންގެ މިލްކިއްޔާތަށް ވެގެން ދާނެ ކަމަށް ވެސް ސަންޖޭ ވިދާޅުވި އެވެ. 

ކޮޅުފުށީގައި ހިންގި މި މަޝްރޫއަކީ އިންޑިއާއިން ރާއްޖެއަށް ދިން 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހިންގާ 27 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް