ads
ރައީސް ނަޝީދާއި ހަސަން ލަތީފް--
ޗެއާޕާސަން ކަމުން ހަސަން ލަތީފް ވަކިކޮށްދިނުމަށް އެދި ރައީސް ސޯލިހަށް ސިޓީފުޅެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންކަމުން ހަސަން ލަތީފް ވަކިކޮށްދިނުމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބް އަލީ ފޮނުއްވި އެ ސިޓީފުޅުގައި ހަސަން ލަތީފަށް ތުހުމަތު ކުރައްވާފައި ވަނީ ރައީސް ސޯލިހްއާ ދެކޮޅަށް ބަގާވާތެއް ކުރާ ކަމަށެވެ. 

އެ ސިޓީގައި ވިދާޅުވެފައި ވަނީ ޕާޓީގެ އެންމެ އިސް ފަރާތަކީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ހަސަން ލަތީފް ވިދާޅުވެފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. 

ޝުއައިބް އިޝާރާތް ކުރައްވާފައި ވަނީ ނަޝީދުއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި ހަސަން ލަތީފް ވިދާޅުވި ވާހަކައަކަށެވެ. 

އެ ސިޓީގައި ހަސަން ލަތީފް ވިދާޅުވެފައި ވަނީ ޕާޓީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސްގެ މަގާމު ކަމަށެވެ. އަސާސީ ގަވާއިދުގައި ވެސް ވަނީ އެގޮތަށެވެ.

އެމްޑިޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޕާޓީ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެމީހަކު ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށް ވެސް އެ މާއްދާގައި ވެއެވެ. 

ނަމަވެސް ޕާޓީގެ އެންމް އިސް މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅާފައެއް ނުވެ އެވެ. އަސާސީ ގަވާއިދުގެ 78 ވަނަ މާއްދާގައިވާ ގޮތުން އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސް އެވެ. 

އެމްޑީޕީ އެތެރޭގެ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، ނަޝީދު ވަނީ އިކޮނޮމިކް މިނިސްޓަރުގެ މަގާމުން ފައްޔާޒް އިސްމާއިލް އެކަހެރިވެވަޑައިގެންނެވުމަށް އޭނާއަށް އަންގަވައިދިނުމަށް އެދި ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ނަމަވެސް ފައްޔާޒް ވިދާޅުވެފައި ވަނީ މަގާމުން އެކަހެރިވުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެ، ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް