ads
މޯލްޑިވިއަންގެ ފްލައިޓެއް--
މޯލްޑިވިއަނުން މެލޭޝިއާއަށް ކުރާ ދަތުރު އޮކްޓޯބަރު 1 އަށް ފަސްކޮށްފި
ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން މޯލްޑިވިއަނުން މެލޭޝިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު އޮކްޓޯބަރު މަހަށް ފަސްކޮށްފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ ދެވަނަ ފަހަރަށް ފްލައިޓް ފަސްކުރީ ވީ އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ގޮވައިގެން ދަތުރު ކުރުމަށް ކަމަށެވެ. 

އެ ފްލައިޓް އެންމެ ފުރަތަމަ ޝެޑިއުލް ކުރީ މިމަހުގެ 10 އަށެވެ. ދަރިވަރުންގެ އެދުމުގެ މަތިން މި މަހު 20 އަށް ފަސް ކުރުމަށް ފަހު މިހާރު ނިންމާފައި ވަނީ އޮކްޓޯބަރު 1 ގައި އެ ދަތުރު ކުރުމަށެވެ. 

މޯލްޑިވިއަނުން ބުނީ ހުރިހާ ޓްރެވަލް ޑޮކިޔުމަންޓެއް ހުރި ފަރާތްތަކަށް [email protected] އަށް އީމެއިލްކޮށްގެން ނުވަތަ މޯލްޑިވިއަންގެ ވައިބާ ގްރޫޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށެވެ. 

ޓިކެޓުގެ އެއްކޮޅު އަގަކީ 385 ޑޮލަރު ކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް