11358
CONFIRMED

DEATHS
10382
RECOVERED
🌏41,641,309
INFECTED
🌏28,271,838
RECOVERED
🌏1,136,503
DEATH
🌏68%
RECOVERY RATE
ކަސްޓަމްސް ބިލްޑިންގް---- ފޮޓޯ:ޕީއެސްއެމް
ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުން އާމްދަނީ ދަށަށް
Share
މޯލްޑިވްސް ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް މިއަހަރު ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ ކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

ކަސްޓަމްސް އިން ނެރެފައިވާ ތަފާސްހިސާބްތަކަށް ބަލާއިރު ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 66 އިންސައްތަ ވަނީ ދަށްވެފަ އެވެ.

އެގޮތުން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު 297 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު އެ އަދަދުވަނީ 100 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

އޭގެ އިތުރުން ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2019 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 35 އިންސައްތަ ވަނީ ދަށްވެފަ އެވެ. 

އެގޮތުން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ އޮގަސްޓް މަހު އެ އަދަދުވަނީ 2.1 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

ވޭތުވެދިޔަ އޮގަސްޓް މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ގައުމުތަކަކީ ތައިލޭންޑް، ޖަރުމަނުވިލާތް، އަދި އިނގިރޭސިވިލާތުގެ އިތުރުން ފަރަންސޭސިވިލާތެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އިންޑިއާ އަދި ސިންގަޕޫރެވެ. ޗައިނާ އިން 429 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 293 މިލިއަން އަދި ސިންގަޕޫރުން 254 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް