ads
ޓޫރިޒަމް މިނިސްޓްރު އަބްދުﷲ މައުސޫމް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރެއްވުން--
ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުތައް އިތުރުކުރަން މަޝްވަރާކޮށްފި
ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުތައް އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖަންގް ލިޖޮންގްއާ ދެމެދު މަޝްވަރާތަކެއް ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ އެ މަޝްވަރާ ބައްދަލުވުމުގައި ވަނީ ޗައިނާ އާއި ރާއްޖޭއާ ދެމެދު ދަތުރުތައް އިތުރުކޮށް ޗައިނާގެ ފަތުރުވެރިން އިތުރުކުރާނެ ގޮތާއި ގުޅިގެން ވެސް މަޝްވަރާތައް ކުރެވިފައި ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން އަންނަނީ ފަތުރުވެރިކަން އިތުރުކުރުމުގެ ގޮތުން ގައުމުތަކާއި މަޝްވަރާކުރަމުންނެވެ. އެގޮތުން މިފަހުން ވަނީ އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމާއި ގުޅޭ ގޮތުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާއެކު ވެސް މަޝްވަރާކުރައްވާފަ އެވެ. 

ޗައިނާގެ ފަތުރުވެރިން ގެނައުން އިތުރުކުރަން މަޝްވަރާކުރިއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ ޗައިނާ އެވެ. އަދި ދެވަނައަށް އެންމެ ގިނަ ބަޔަކު އައީ އިންޑިއާ އިންނެވެ. 

ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލިއިރު ފުރަތަމަ ފަހުގެ ތެރޭގައި އެކަނި ވެސް 5000 އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައެވެ. ފަތުރުވެރިންގެ އިތުބާރު ހޯދާއި ރާއްޖެއަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށްދިނުމަށް މިހާރު ވަނީ ނެގެޓިވް ޕީސީއާރު ޓެސްޓެއް ނެތި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ނާދެވޭ ގޮތް ހަދާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް