ads
މީރާއިން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް މިހާރު “ވާރު ޕޭ” މެދުވެރިކޮށް ލިބޭނެ—
މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އެއް ބިލިއަނަށް!
މިދިޔަ އޮގަސްޓު މަހު ދައުލަތަށް ލިބިފައިވާ އާމްދަނީ ކުރީ އަހަރުތަކާއި އަޅާބަލާއިރު ބޮޑުތަަނުން މައްޗަށް ޖެހިލައިފި އެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓު މަހު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 1.71 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 97.6 އިންސައްތައިގެ އިތުރުވުމެކެވެ. 

މިދިޔަ އަހަރު މިހާތަނަށް ލިބިިފައިވަނީ 862.914 ރުފިޔާ އެވެ. އޮގަސްޓް މަހު ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ލަސްކުރި ޓެކްސް ސުންގަޑިތައް އޮގަސްޓުމަހަށް ހަމަވުންނެވެ.   

ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން 46 ޕަސެންޓަކީ އިންކަމް ޓެކްސް އިން ލިބުނު އާމްދަނީއެވެ. އިންކަމް ޓެކްސްގެ ގޮތުގައި އޮގަސްޓް މަހު ދައުލަތަށް 783 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުންޏެވެ.

ދެވަނަ އަށް އެންމެ ގިނައިން އަމްދަނީ ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކުހުގެ ގޮތުގަ އެވެ. އެއީ 474 މިލިއަން ރުފިޔާއެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 27.8 ޕަސެންޓަކީ ބިޒްނަސް ޕްރޮފިޓު ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. 

ތިންވަނަ އަށް އެންމެ ގިނައިން ޖީއެސްޓީ ލިބިފައިވާއިރު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 293 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 17.2 ޕަސެންޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް