11232
CONFIRMED

DEATHS
10200
RECOVERED
🌏40,348,737
INFECTED
🌏27,628,198
RECOVERED
🌏1,117,572
DEATH
🌏68%
RECOVERY RATE
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓުންގެ ކައުންސިލްގެ މެމްބަރުން--
ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓްއަށް މެމްބަރުން އައްޔަންކުރައްވައިފި
Share
ޗާޓާޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން "އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފެއްދެވުމާއި ގުޅިގެން އެ އިންސްޓްޓިއުޓްގެ ކައުންސިލް މެމްބަރުން ކައުންސިލްގެ ރައީސް އޮޑިޓާ ޖެނެރަލް މިއަދު އައްޔަން ކުރައްވައިފި އެވެ.
Advertisement

އެކަމަށްޓަކައި މިއަދު އޭޖީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކައުންޓެންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ބޭފުޅުންގެ ތެރެއިން އޮޑިޓާ ޖެނެރަލް އައްޔަން ކުރެއްވި މެމްބަރުންނަކީ ކްރޯވް މޯލްޑިވްސްގެ އޮޑިޓް ޕާޓްނާ ހަސަން މުހައްމަދު އާއި، ޕްރޮޑަންޓް ޗާޓާޑްގެ މެނޭޖިން ޕާޓްނާ ޔައުގޫބް އަބްދުﷲ އާއި، އެފް.ޖޭ.އެސް އެސޯސިއޭޓްސްގެ މެނޭޖިން ޕާޓްނާ ފަރީހާ ޝަރީފްގެ އިތުރުން މެރިއޮޓް އިންޓަނޭޝަނަލްގެ ކޮމްޕްލެކްސް ޑިރެކްޓަރު އޮފް ފިނޭންސް މާލިކް މުހައްމަދު އެވެ.

އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުން އައްޔަން ކުރެއްވި މެމްބަރުންނަކީ އެސިސްޓަންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒް އާއި ޑިރެކްޓާ އޮފް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް އެންޑް ސްޓެޗުޓަރީ ބޮޑީސް އޮޑިޓް، ޗީފް އިންޓާނަލް އޮޑިޓަާ އިބްރާހިމް ފަޒީލެވެ. އަދި ކައުންސިލްގައި ހިމެވަޑައިގަންނަވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އާއި ފައިނޭންޝިއަލް ކޮންޓްރޯލާ ފާތިމަތު ރަޒީނާ އެވެ.

އިންސްޓްޓިއުޓް އުފެދޭތާ ފުރަތަމަ ހަތަރު އަހަރު އިންސްޓްޓިއުޓް ހިންގުމުގެ މަސައްކަތް ކުރާނީ އެ ކައުންސިލުން ކަމަށް އޭޖީ އޮފީހުން ބުނެ އެވެ. ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއެރުވުމަށް އުފައްދާފައިވާ މި އިންސްޓްޓިއުޓް ހިންގާ ބެލެހެއްޓުމެވެ. 

އޭގެ ތެރޭގައި ކައުންސިލް ހިންގާ ގަވާއިދު ތައްޔާރު ކުރުމާއި، ކޮމިޓީތައް އެކުލަވާލުމާއި، އިންސްޓްޓިއުޓްގެ ރަޖިސްޓްރީ ބަލަހައްޓައި އެ ފަރާތްތަކުގެ ގިންތި ކަނޑައެޅުމާއި ޕްރައިވެޓް ސެކްޓާގެ އެކައުންޓިން އަދި އޮޑިޓިން ސްޓޭންޑާޑްތައް އެކުލަވާލުމާއި އިތުރު މަސްއޫލިއްޔަތުތައް ހިމެނެ އެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި އިންތިގާލީ މަރުހަލާ ނިމުމުން ދެން ކައުންސިލަށް މެމްބަރުން އައްޔަންކުރާނީ އިންސްޓިއުޓްގެ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް