ads
ކަރީނާ އާއި ތައިމޫރް އަދި ރަންދީރް--
ތައިމޫރުގެ ކާފަ އިންސްޓަގްރާމުގައި، ލޯބި ފޮޓޯތަކެއް
ކަރީނާ ކަޕޫރް އާއި ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރް އަކީ އިންޑިއާގައި "ސްޓާ ކިޑް" އެކެވެ. ތައިމޫރުގެ ހަބަރެއް ނުވަތަ ފޮޓޯއެއް ފެނޭތޯ އެތައް ބަޔަކު އިންތިޒާރު ކުރެ އެވެ.

މި ފަހަރު ތައިމޫރުގެ މުޅިން އާ ފޮޓޯތަކެއް މި ވަނީ ސޯޝަލް މީޑިއާއަށް އައިސްފަ އެވެ. އެ ފޮޓޯތައް އާއްމު ކުރީ އަލަށް އުފައްދާފައިވާ އިންސްޓަގްރާމް އެކައުންޓަކުންނެވެ. 

ދަބޫކަޕޫރުގެ ނަން ދީފައިވާ އެ އެކައުންޓަކީ ކަރީނާގެ ބައްޕަ އަދި ތައިމޫރުގެ ކާފަ، ކުރީގެ އެކްޓަރު ރަންދީރު ކަޕޫރުގެ އެކައުންޓު ކަމަށް ވެއެވެ. 

ކަރީނާ އާއި ސައިފްގެ ފޭން ޕޭޖްތަކުން މި ވަނީ އެ ފޮޓޯތައް ޝެއާ ކުރަން ވެސް ފަށާފަ އެވެ. އެއް ފޮޓޯއިން ފެންނަނީ ތައިމޫރު ގައިގައި ކަރީނާ ބައްދާލައިގެން އޮންނަ މަންޒަރެވެ. ދެވަނަ ފޮޓޯގައި ތައިމޫރު އިންނަނީ ރަންދީރް ކައިރީގަ އެވެ. 

ސައިފް އާއި ކަރީނާ މިހާރު ތިބީ ދެވަނަ ދަރިފުޅު އުފަންވާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވިހާނީ އަންނަ ފެބްރުއަރީގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް