ads
ދިރާގުގެ ހެޑް އޮފީސް--
ޑިޖިޓަލް ހެލްތު ކެއާ ވެބިނާއެއް ދިރާގުން ބާއްވައިފި
ސިއްހީ ދާއިރާގެ ތަރުޖިބާކާރުންނާއި ދިރާގު ގުޅިގެން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހާއްސަ "ޕެރެޑައިމް ޝިފްޓް އިން ޑިޖިޓަލް ހެލްތުކެއާ" ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ދިރާގު އެއްވުން ޕްލެޓްފޯމް މެދުވެރިކޮށް ބޭއްވި މި ވެބިނާގައި ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލްތައް އަދި ކްލިނިކުތަކުގެ އޮފިޝަލުން ބައިވެރިވި އެވެ.

މި ވެބިނާގައި ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯގެ ސްމާޓް ހެލްތު ލީޑާޝިޕް ސެންޓަރުގެ ވެރިޔާ ޑރ. އެޑަމް ޗީ ވަނީ ޑިޖިޓަލް ހެލްތާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ. 

ދިރާގުން ވަނީ ވެބިނާގެ ތެރޭގައި މަގޭ މެމޯ ވެބްއެޕް ލޯންޗުކޮށްފަ އެވެ. މިއީ ޑޮކްޓަރުންނަށް ފަސޭހަކަމާއެކު އެޕޮއިންޓްމަންޓް ހެއްދުމަށް ބޭނުން ކުރެވޭނެ އެޕެކެވެ.

ދިރާގުން ބުނީ ކޮވިޑް-19 އާ ގުޅިގެން އައިސްފައިވާ ނިއު ނޯމަލްގައި އެ ކުންފުނިން ސްމާޓް ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފް ކުރަމުން ދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް