ads
ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ސަންދޯއް ގެންދަނީ--
މި އަހަރު މާލެއިން މަރުވި މީހުންގެ އަދަދު ދަށަށް
ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މާލެ ސަރަހައްދުގައި މަރުވި މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން އާއްމުކުރި ތަފާސްހިސާބުން ފެންނަ ގޮތުގައި މި އަހަރުގެ އޭޕްރިލް އިން އޮގަސްޓަށް މަރުވި މީހުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު މަދުވެފަ އެވެ. 

އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލް 15 އިން އޮގަސްޓް 31 އަށް 302 މީހަކު މަރުވެގެން މާލޭގައި ވަޅުލި އެވެ. މި އަހަރުގެ އެ މުއްދަތުގައި ވަޅުލާފައި ވަނީ 264 މީހުންނެވެ. މިއީ 12 ޕަސަންޓުގެ ދަށްވުމެކެވެ. 

މިދިޔަ އަހަރު އެންމެ ގިނަ މީހުން މަރުވީ ޖުލައި މަހު އެވެ. އެއީ 81 މީހުންނެވެ. ނަމަވެސް މި އަހަރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ އޮގަސްޓް މަހު އެވެ. އެއީ 63 މީހުންނެވެ. 

މިދިޔަ އަހަރުގެ މި މުއްދަތުގައި މާލޭގައި ވަނީ 59 ކުޑަކުދިން މަރުވެފަ އެވެ. އެކަމަކު މި އަހަރު މަރުވެފައި ވަނީ 12 ކުދިންނެވެ. މިދިޔަ އަހަރު މާލޭގައި މި މުއްދަތުގައި މަރުވީ އެންމެ ބިދޭސީ އެކެވެ. އެކަމަކު މި އަހަރު 18 ބިދޭސީން މަރުވެފައި ވެއެވެ. 

ކޮވިޑް-19 އާ ގުޅިގެން މި އަދަދުތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ބެލެވެ އެވެ. އެގޮތުން ރަށްރަށުން ބޭސް ފަރުވާ އަށް މާލެ ނާދެވުމުގެ ސަބަބުން މާލޭގައި މަރުވާ މީހުންގެ އަދަދު ދަށްވެފައިވުން އެކަށީގެންވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް