ads
ފޮޓޯ- މަޖިލިސް
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ނަންތައް މަޖިލީހަށް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެމްބަރުންގެ މަގާމަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރެއްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި ވަނީ، މިއަހަރުގެ ޖުލައި 22 ވަނަ ދުވަހު އެ ކޮމިޝަނުގެ މެންބަރެއް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ވަކިކުރައްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައެވެ.

މެމްބަރުންގެ މަގާމަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅުއްވައިފައިވާއިރު، ކޮމިޓީ މަރުހަލާގައި އިންޓަވިއު ކުރުމަށް ފަހު، ފާސްވާ ނަންތައް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ. މެމްބަރުން އައްޔަނު ކުރާނީ ތަޅުމުން ރުހުން ލިބިގެންނެވެ. 

އެޗްއާރްސީއެމްގެ ތިން މެމްބަރަކު މަގާމުން ވަކިކުރަން އުޅުމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވާފަ އެވެ. އެ ތިން ބޭފުޅުންނަކީ ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މ. ޖިއެނާ، މުއުމިނާ ވަހީދު އަދި މއ. މާވެޔޮގެ، ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް