ads
އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް ޕަންޓަނަލްގެ 16 އިންސައްތަވަނީ އަދާ އަޅިއަށްވެފަ--
ބްރެޒިލްގައި ޕަންޓަނަލް ސަަރަަހައްދުގައި ރޯވެ އަނދަމުން ދާތީ ކުއްލި ހާލަތު އިއުލާންކޮށްފި
ބްރެޒިލްގެ މާޓޯ ގްރާސޯ، ސްޓޭޓްގެ ޕަންޓަނަލް ސަަރަަހައްދުގައި ރޯވެ އަނދަމުން ދާތީ ބްރެޒިލް ސަރުކާރުން އެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެެވެ.

އެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ތިމާވެށްޓާ ބެހޭ ފަރާތްތަކާއި، ސިފައިންނާއި، ފައާ ފައިޓަރުން ރޯވެފައިވާ ބިޔަ އަލިފާންގަނޑު ނިއްވާލެވޭތޯ މަސައްކަތް ކުރަމުންދާއިރު، އަލިފާން ނިއްވުމާއި ހާލުގައި ޖެހޭ މީހުންނަށް އެހީވުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ފައިސާ ލިބޭނީ ކިހާވަރަކަށްކަން، އަދި ކޮން އިރަކުކަން އަދި ސާފުވެފައި ނުވެއެވެ.

މިއީ އެސަރަހައްދުގައި އަލިފާން ރޯވި ފުރަތަމަ ފަހަރެއް ނޫނެވެ. އެހެންނަމަވެސް މިފަހަރު ރޯވެފައިވާ އަލިފާންގަނޑަކީ މިހާތަނަށް އެސަރަހައްދުގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މިއަަހަރުގެ ޖުލައި މަހުގެ މެދުތެރެއިން ފެށިގެން ރޯވެ އަދަމުންދާ އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް ޕަންޓަނަލްގެ 16 އިންސައްތަވަނީ އަދާ އަޅިއަށް ވެފައެވެ. ނާސާއިން ބުނަ ގޮތުން އެ ސަރަހައްދުގައި ހިފާފައިވާ އަލިފާންގަނޑުގެ ބޮޑުމިން އެމެޒޯން ރެއިންފޯރެސްޓްގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާންގަނޑާއި އެއްވަރެވެ.

your imageއަބަދުވެސް ތެއްކޮށް، ޗަސްކޮށް އޮންނަ އެ ސަރަހައްދުގައި މިއަހަރު އެއްްވެސް ވަރަކަށް ފެން ހެދިފައި ނުވޭ

އެ ސަރަހައްދުގައި ފެތުރިފައިވާ ބިޔަ އަލިފާންގަނޑުގެ ސަބަބުން އެ ސަރަހައްދުގެ ދިރުމުގެ 12 އިންސައްތަ ވަނީ އަނދައިގެން ގޮސްފައެވެ. އަދި ދުނިޔޭގެ ދިރުމުގެ ވައްތަރުތައް އެންމެ ގިނަ އިކޯސިސްޓަމްގެ ބޮޑު ބައެއް ވަނީ އަޅިއަށްވެފައެވެ.

ޕަންޓަލްގެ 9000 އަކަމީޓަރު ސަރަހައްދެއް އެއްކޮށް އަދާފައިވާއިރު އެތަނުގައި އުޅޭ 1200 އަށްވުރެ ގިނަ ވައްތަރުގެ 'ވާޓަބްރޭޓް' ޖަނަވާރު އަދި ހިމާޔަށް ކޮށްފައިވާ ދުނިޔެއިން ނެތި ދިއުމުގެ ބިރު އޮތް ޖަނަވާރުތަކުގެ އިތުރުން އެހެންވެސް ދިރުންތައް ވަނީ އަލިފާނުގައި އަދާގެންގޮސްފައެވެ.

ބައިއޮލަޖިސްޓުންނާއި ވެޓްރެންސް އެ ސަރަހައްދުގައިވާ ޖަނަވާރުތައް ސަލާމަތް ކުރުމަށްޓަކައި މި އަހަރުގެ އޮގަސްޓް މަހު އެސަރަހައްދަށް ގޮސްފައިވީނަމަވެސް އެމީހުންނަށް ސަލާމަތް ކުރެވިފައިވަނީ އަނިޔާ ލިބިިފައިވާ ވަރަށް މަދު ޖަނަވާރުތަކެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. 

"އަހަރެމެން ދުވަހަކުވެސް ނުދެކެން މިވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް. މިސަރަހައްދުގައި ދިރިއުޅޭ ގިނަ ޖަނަވާރުތައް ވަނީ ނެތި ގޮސްފަ. އަހަރެމެން ދެކުނިން އަނދާގެންގޮަސްފައިވާ ރާމާމަކުނާ، ރެކޫންސް އާއި އަދާފައިވާ ޑީރް އަދި ކޮންމެ މީޓަރަކުން މަރުވެފައިވާ ހަރުފަ ފެނޭ".

your imageސަރަހައްދުގައި ދިރިއުޅޭ ގިނަ ދިރުންތައް ވަނީ ނެތި ގޮސްފަ---

ތިމާވެށި ދިރާސާކުރައްވާ ބޭފުޅުން ފާހަގަކުރާ ގޮތުގައި އަލިފާންގަނޑު އެ ސަރަހައްދުގައި ރޯވެ ކޮންޓްރޯލް ވެފައި ނުވަނީ އެސަރަހައްދުގައި އާދަޔާ ހިލާފަށް ބިންގަނޑު ހިކިފައިވުމުގެ ސަބަބުންނެވެ. 

ޕަންޓަނަލް އަކީ ދުނިޔޭގެ އެންމެބޮޑު އެއް ޗަސްބިމެވެ. އެހެންނަމަވެސް މިފަހަރު އާއްމުކޮށް އަބަދުވެސް ތެއްކޮށް، ޗަސްކޮށް އޮންނަ އެ ސަރަހައްދުގައި އެއްްވެސް ވަރަކަށް ފެން ހެދިފައި ނުވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެކަން އެގޮތަށް ދިމާވެފައިވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް