ads
ކޮވިޑް19 އަށް ބަޔަކު ޓެސްޓު ކުރަނީ
މިއަދު އިތުރު 85 މީހަކު ޕޮޒިޓިވް ވެއްޖެ
މިއަދު އިތުރު 85 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ

މިއަދު ޕޮޒިޓީވްވި މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި 39 ބިދޭސީންނެވެ. ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައަދަދަކަށް ދިވެހިން ހިމެނެއެވެ. 

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 82 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އނެއް 3 މީހުން ޕޮޒިޓީވްވެފައިވަނީ އަތޮޅުތެރެއިންނެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9328 އަށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް 7729 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

ރާއްޖެއިން ކޮވިޑްޖެހިގެން މިހާތަނަށް 33 މީހުން ވަނީ މަރުވެފައެވެ.

ހޮސްޕިޓަލްތަކުގައި މިހާރު 111 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް