ads
އަމީތާބު-
އަމީތާބުގެ އަޑު އެމޭޒަން އެލެކްސާއަށް
ބޮލީވުޑުގެ ލެޖެންޑް އަމީތާބު ބައްޗަންގެ އަޑު، އެމެޒަން އެލެކްސާ މެދުވެރިކޮށް ވަރަށް އަވަހަށް އިވޭނެ ކަމަށް އިއުލާންކޮށްފި އެވެ.

މިއީ އެމެޒަން އެލެކްސާގެ ޑިޖިޓަލް އެސިސްޓަންޓް މެދުވެރިކޮށް އިންޑިއާގެ ތަރިއެއްގެ އަޑު އިވޭނެ ފުރަތަމަ ފަހަރެވެ.

70 ގެ އަހަރުތަކުގައި ބޮލީވުޑުގައި ނަން ވިދާލި އަމީތަބަކީ މިއަދު ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ. އުމުރުން 77 އަހަރުގައި ވެސްް ފިލްމީ ދާއިރާއަށް ދުރަށް ޖެހި ނުލާއި މަސައްކަތް ކުރަމުން އަންނައިރު އަމީތާބުގެ އަޑު އެލެކްސާ އިން ވަރަށް އަވަހަށް އިވޭނެކަން އިއުލާންކުރީ އެމެޒަން އިންޑިއާ އިންނެވެ.

އެމެޒަން އިންޑިއާ އިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނީ އަމީތާބުގެ “ވޮއިސް އެކްސްޕީރިއަންސް” ފީޗާ އަންނަ އަހަރުގެ ތެރޭގައި އެލެކްސާ އިން ގަނެވޭނެ ކަމަށެވެ. 

އޭގެ ތެރޭގައި ޖޯކާއި މޯޓިވޭޝަނަލް ކޯޓްސް އަދި މޫސުމާއި ޅެން ފަދަ ގިނަ އެއްޗެހިތަކެއް އޭނާގެ އަޑުން އިވިގެންދާނެކަން ވެސް ފާހަގަކުރެ އެވެ.

މަޝްހޫރު ތަރިއެއްގެ އަޑެއްގެ ގޮތުގައި އެންމެ ފުރަތަމަ އެލެކްސާ އިން ބޭނުންކުރަން ފެށީ ސަމުލް އެލް ޖެކްސަންގެ އަޑެވެ.

ކޮންމެއަކަސް އެ ފުރުސަތު އަމީތާބަށް ވެސް ލިބިފައިވާއިރު އެ މަސައްކަތް ކުރަން ވަރަށް އެކްސައިޓްވެފައިވާ ކަމަށް އަމީތާބު ބުނެ އެވެ.

މިފަހުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަމީތާބަށް ފަރުވާދީފައިވެ އެވެ. ބަލިން ރަނގަޅުވެގެން ދޫކޮށްލިތާ މިހާރު ދުވަސްތަކެއްވެފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ އަލުން ފިލްމުގެ މަސައްކަތް ވެސް ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް