ads
ސިވިލް ކޯޓު ހިންގަމުން ގެންދާ ޖަސްޓިސް ބިލްޑިން--
ގާޒީ ޒުބައިރު ސިޔާސީ ހަރަކާތެއްގައި ބައިވެރިވި ކަމަށް ބުނާ މައްސަލައެއް ބަލަނީ
ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދުގެ މައްސަލައެއް ތަހުގީގު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތަހުގީގު ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ޖޭއެސްސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާޒީ ޒުބައިރު ސިޔާސީ ހަރަކާތްތަކާއި ޖަމިއްޔާއެއްގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާކަމަށް ބުނެ މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. 

އަދި އެ މައްސަލަ ތަހުގީގު ކުުރުމަށް، މައްސަލައަށް ގޮތް ނިންމާ ކޮމިޓީން ނިންމާފައިވާ ކަމަށް ޖޭއެސްސީން މައުލޫމާތުދެ އެވެ.

އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް ނުވައެއް ސެޕްޓެމްބަރުގައި ޖޭއެސްސީން ނިންމާފައިވާކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތުދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް