ads
ޖަޕާނުގެ އާ ބޮޑު ވަޒީރު ޔޮޝިހީޑޭ ސުގާ--
ޖަޕާނުގެ އާ ބޮޑު ވަޒީރު ސޫގާއަށް ރައީސް ސޯލިހު މަރުހަބާ ދަންނަވައިފި
ޖަޕާނުގެ އާ ބޮޑު ވަޒީރު ޔޮޝިހީޑޭ ސޫގާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސިއްހީ ހާލުކޮޅު ހުރި ގޮތުން ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އިސްތިއުފާ ދެއްވުމާއެކު، ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ސޫގާ ވަނީ މަގާމު ކާމިޔާބު ކުރައްވާފަ އެވެ.

ޓްވިޓާ މެދުވެރިކޮށް ރައީސް ސޯލިހު ފޮނުއްވި މެސެޖުގައި ވިދާޅުވީ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު ކާމިޔާބު ކުރެއްވުމުން ހިތުގެ އެންމެ ފުންމިނުން ސޫގާއަށް މަރުހަބާ ދަންނަވާ ކަމަށެވެ. 

ޖަޕާނުގެ އާ ބޮޑު ވަޒީރާއި ސަރުކާރާއެކު ދިވެހި ސަރުކާރުން މަސައްކަތްކޮށް، ރާއްޖެ އާއި ޖަޕާނާ ދެމެދުގައިވާ ގާތް އެކުވެރިކަމާއި ބަދަހި ގުޅުން އިތުރަށް ކުރިއެރުވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަބޭގެ އަރިސް ބޭފުޅެއް ކަމަށްވާ އުމުރުފުޅުން 71 އަހަރުގެ ސޫގާ ވަނީ މަޖިލީހުގެ 535 މެމްބަރުންގެ ތެރެއިން 377 ވޯޓު ލިބިވަޑައިގެންފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ސޫގާގެ ބޮޑު ވަޒީރު ކަމުގައި ވެސް އަބޭގެ ސިޔާސަތުތައް ތަންފީޒު ކުރައްވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް