ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕީޖީގެ ގާނޫނުގެ ތިންވަނަ އިސްލާހު ތަސްދީގުކޮށްފި
ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.

އެ ބިލަކީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. 

ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވޭ ފަރާތްތަކަށް، ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ތައައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

އެގޮތުން އެ ބިލުގައި، ޕްރޮސިކިއުޓާ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުމާއި، މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމާއި، ސިޔާސަތުތައް އެކަށައެޅުމާއި، ސުލޫކީ ހަމަތަކާއި ހިލާފުވުން ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން، މާލީ ހިސާބު ހުށަހެޅުމާއި ސުލޫކީ ހަމަތަކާއި މުވައްޒަފުން ހިލާފުވުމުން އަމަލުކުރާނެ ގޮތުގެ ތަފްސީލު ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން، އެ ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ކަމަށް ރައީސް އޮފީހުން ބުނެ އެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް