ads
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ވަންއޮންލައިން
ޕީޕީއެމްގެ ވެރިކަމެއްގައި ގުޅީފަޅު ޕޯޓު ތިލަފުއްޓަށް ބަދަލުކުރާނަން: މުއިއްޒު
ގުޅީފަޅުގައި ޕޯޓު ހެދި ނަމަވެސް ޕީޕީއެމްގެ ސަރުކާރެއްގައި ޕޯޓު ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިސަރުކާރުން ގުޅީފަޅުގައި ޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ޕީޕީއެމްގެ ސަރުކާރެއްގައި އެތަން ނަގައި ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށެވެ. 

މުއިއްޒު ވިދާޅުވީ ގުޅީފަޅު އޮންނަން ޖެހޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމި ގޮތަށް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭ ރަށެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަން ނަގާއި ތިލަފުއްޓަށް ބަދަލުކުރުމަށް ފަހު ބޯހިޔާވަހިކަން މާލޭގެ ރައްޔިތުންނަށް ޔަގީންކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައްޔިތުންނަށް ޔަގީންކުރައްވާށޭ ޕީޕީއެމްގެ ސަރުކާރެއްގައި ގުޅީފަޅުގައި މިސަރުކާރުން ޕޯޓު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް އެ ޕޯޓު ނަގާ ތިލަފުއްޓަށް ބަދަލުކޮށްފައި، ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ދެމޭ،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު އެގޮތަށް ވިދާޅުވިއިރު މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް މިހާރު ދަނީ ހިއްކަމުންނެވެ. ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެ މަޝްރޫއުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރި ނަމަވެސް އިގްތިސޯދަށް މާބޮޑަށް ފައިދާވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އަސްލަމް ވިދާޅުވީ ތިލަފުށީގައި ވެސް އެ ބަނދަރު ހެދުމުގެ ވިސްނުން އޮތް ނަމަވެސް އެތަނުގައި މަޝްރޫއު ކުރިއަށް ނުގެންދިޔައީ އެތަނީ ކުނި ޖަމާކުރާ ރަށަކަށް ވުމުން ކަމަށެވެ. އެގޮތުން ވިދާޅުވީ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެކޮށް ބޭރުކުރާނެ ތަނެއް ކަމުން އެގޮތަށް އެކަން ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދެން އެކަން މާލެ ސަރަހައްދުން އެންމެ ރަނގަޅަށް ކުރެވެން އޮތް ތަނަކީ ގުޅީފަޅުކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް