ads
ޑރ. އިބްރާހީމް އަފްޒަލް--
މަގުމަތިން ބަލިމަޑުކަމެއް ފެތުރިގެން އުޅޭ މަންޒަރެއް ނުފެނެ: ޑރ. އަފްޒަލް
މަގުމައްޗަށް ބަލާލުމުން ބޮޑު ބަލިމަޑުކަމެއް މުޖުތަމައުގައި ފެތުރިގެންދާ މަންޒަރު ނުފެންނަ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފަޒަލް ވަނީ ބަލި ފެތުރެމުންދާއިރު ވެސް މަގުމަތީގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

ގިނަ ބަޔަކު މަގުމަތީގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށް ޑރ. އަފްޒަލް ވަނީ ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސްކުރައްވާފަ އެވެ. 

ފިނޮޅުތަކަށް މިފަދަ ހާލަތެއްގައިދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވާ ޑރ. އަފްޒަލް ވަނީ އެފަދަ ކަންކަން މިދުވަސްކުރުން ރަނގަޅު ނޫންކަން ފާހަގަކުރައްވާފަ އެވެ. ޑރ. ވަނީ މިހާރު ފިޔަވަޅުތައް އަޅާފައި ހުރިއިރު ވެސް ކޮވިޑް ކޭސްތައް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް ވެސް އެދިފަ އެވެ. 

ކޮވިޑްގެ ކޭސްތައް ކުރިއަށް ވުރެ ތަންކޮޅެއް މަދުވި ނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި އަދިވެސް ކޭސްތައް މަދުވާ މަންޒަރު ނުފެންނަ ކަމަށާއި އެހެންކަމުން، ފިޔަވަޅުތަކަށް ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސްކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް