ads
ޝިލްޕާ އާއި އޭނާގެ އާއިލާ--
ޝިލްޕާއަށް ކުރާ ތުހުމަތު އޭނާ ދޮގުކޮށްފި
ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދްރާއަށް އެކްޓަރު ސަޗީން ޖޯޝީ ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.

އެ ދެ މީހުންނާ ދެކޮޅަށް ސަޗީން މި އަހަރުގެ ކުރީކޮޅު ހުށަހެޅި މައްސަލައެއްގައި ބުނީ ސަތްޔޫގް ގޯލްޑް ކުންފުނިން އޭނާއަށް މަކަރު ހަދާފައިވާ ކަމަށެވެ. 

އެ ކުންފުންޏަކީ ކުރިން ޝިލްޕާ އާއީ ރާޖް ހިންގި ކުންފުންޏެކެވެ. ސަޗީން ވަނީ އެ ކުންފުނިން އެއް ކިލޯގެ ރަން ވިއްކި ސްކީމެއްގައި ބައިވެރިވެފަ އެވެ.

އެކަމާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަދައްކަމުން ޝިލްޕާ ބުނީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެ ކުންފުނިން އެއްވެސް މީހަކަށް މަކަރު ނުހަދާ ކަމަށެވެ.

ސަޗީން އަށް ވެސް އެއް ކިލޯގެ ރަން ލިބުނު ކަމަށާއި އެކަމަކު އޭނާ އަދިވެސް ބައެއް ޗާޖުތަކަށް ފައިސާ ނުދައްކާ ކަމަށް ވެސް ބުންޏެވެ. 

ޝިލްޕާ އާއި ރާޖްގެ ގާނޫނީ ޓީމުން ވެސް ވަނީ އެ މައްސަލައިގައި ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ މައްސަލަ އަދިވެސް އޮތީ ކޯޓުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް