ads
ޕޮޕް ލަވަކިޔުންތެރިޔާ މެޑޯނާ-- ފޮޓޯ: ގެޓީ އިމޭޖަޒް
މެޑޯނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަނީ
ޕޮޕް ލަވަކިޔުންތެރިޔާ މެޑޯނާގެ ހަޔާތާއި ކެރިއާގެ މައްޗަށް އުފައްދާ ފިލްމެއް ޑައިރެކްޓް ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އެ ފިލްމު ލިޔުމުގައި ވެސް މެޑޯނާ މަސައްކަތް ކުރެ އެވެ. ދެން އެކަމުގައި އުޅެނީ ޑިއާބްލޯ ކޯޑީ އެވެ. އޭނާއަކީ ޖޫނޯ އަދި ޔަންގްއެޑަލްޓް ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭއަށް އޮސްކާ އެވޯޑް ހޯދާފަ އެވެ. 

އެ ފިލްމު ފެނިގެން ދާނީ މެޑޯނާ މިޗިގަންގައި އުޅުނު ގޮތާއި، ނިއު ޔޯކުގެ ދިރިއުޅުމާއި، "ލައިކް އަ ވާޖިން" އަދި "ވޯގް" ފަދަ ލަވަތަކުން މަޝްހޫރުކަން ހޯދި ގޮތެވެ.

މެޑޯނާ އެ ފިލްމުގެ އަމާޒު ހުންނާނީ މިއުޒިކަށް ކަމަށެވެ. ނަމަވެސް ފިލްމަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ދެ ފިލްމެއް އޭނާ ޑައިރެކްޓުކޮށްފައި ވެއެވެ. 

އެއީ 2008 ގެ "ފިލްތް އެންޑް ވިޒްޑަމް" އާއި 2011 ގެ "ޑަބްލިއު އީ" އެވެ. އޭގެ ތެރެއިން "ޑަބްލިއު އީ" ހަދަން 11 މިލިއަން ޑޮލަރު ހޭދަ ކުރި ނަމަވެސް ފިލްމަށް ލިބުނީ އެންމެ ދެ މިލިއަން ޑޮލަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް