ads
އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަދި ރައީސް ސޯލިހު---
އިންޑިއާ-ރާއްޖެ ފެރީ އޮޕަރޭޓް ކުރަނީ ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާއިން
އިންޑިއާ އާއި ރާއްޖެ އާ ދެމެދު ކުރާ ކާގޯ ފެރީ ހިދުމަތަށް ބޭނުން ކުރާ އުޅަނދު އޮޕަރޭޓް ކުރާނީ ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާއިން ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.

ހައި ކޮމިޝަނުން ކުރި ޓްވީޓުތަކެއްގައި ބުނެފައި ވަނީ އިންޑިއާ-ރާއްޖެ ކާގީ ފެރީ އުޅަނދު އޮޕަރޭޓް ކުރާނީ ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާއިން ކަމަށާއި އޭގެ ފުރަތަމަ ދަތުރު ސެޕްޓެމްބަރި 21 ގައި ފަށާނެ ކަމަށެވެ. 

ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރުގައި އެ އުޅަނދު ނައްޓާލާނީ އިންޑިއާގެ ދެކުނު ޓުޓިކޮރިން ބަނދަރުންނެވެ. ހައި ކޮމިޝަނުން ވަނީ އެ އުޅަނދަށް ބަރު ކުރެވޭ ލޯޑުގެ މިންވަރު ވެސް ހާމަކޮށްފަ އެވެ.

އެގޮތުން އޭގެ ކެޕޭސިޓީގައި 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯ އާއި 380 ޓީއީޔޫ ހިމެނެ އެވެ. އަދި ފިނިކޮށްގެން ގެންނަ ކާގޯވެސް އޭގައި އުފުލެ އެވެ. 

ހައި ކޮމިޝަނުން ބުނީ މި ފެރީއާ ގުޅޭ ދިރާސާތައް އެއް އަހަރު ވަންދެން ކުރުމަށް ފަހު، ދަތުރުތައް ފެށުމުން ދެގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

އަދި ރާއްޖެއިން ތަކެތި އެކްސްޕޯޓް ކުރާ ވިޔަފާރިވެރިންނަށް ކޮޗިން އާއި ޓުޓިކޮރިންގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް، އަގުހެޔޮކޮށް ތަކެތި އެކްސްޕޯޓް ކުރުމުގެ މަގުފަހިވެގެން ދާނެ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

އެ ފެރީ ކޮޗިން އިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. މިއީ ކޮޗިންއިން ކުޅުދުއްފުށި ޕޯޓާއި މާލެ ޕޯޓަށް ކުރާ ދަތުރުތަކެކެވެ. 

ކޮންމެ މަހަކު މިފަދަ 2-3 ދަތުރު ކުރުމަށް ރާވާފައި ވާއިރު ރާއްޖެ އަންނަ ބޯޓުގެ ކާގޯގެ ގޮތުގައި މެޝިނަރީ، ފަރުނީޗަރު، ބޭސް އަދި ކާބޯތަކެތި ހިމެނޭ ކަމަށް ނޫސްތަކުގައި ވެއެވެ. 

ކޮޗިން އިން ރާއްޖެއަށް ފެރީގެ ދަތުރު ފެށުމަށް އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް