ads
ޑރ. އަފްޒަލް
ޕާޓީތަކާއި އެއްވުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެ
ކޮވިޑް19 ގެ މިދުވަސްވަރު އެއްވުންތަކާއި ޕާޓީތައް ބާއްވާ ފަރާތްތަކުގެ މައުލޫމާތު ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އަށް ހިއްސާކޮށްދިނުމަށް އެ ސެންޓަރުން އެދިއްޖެ އެވެ.

ރޭ ބޭއްވި އެ ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބައެއް ގައުމުތަކުގައި އެއްވުންތަކަށް ދާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި އެފަދަ ފިޔަވަޅެއް އެޅުމުގެ ވިސްނުން އަދި ނުގެންގުޅޭކަމަށެވެ. 

ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން އަދި ފެންނަ ކަންކަމަށް ރިއާޔަތްކޮށް ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ކޮންމެ ދުވަހަކުވެސް މަޝްވަރާކުރާ ކަމަށެވެ. 

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ މިދުވަސްވަރު އެއްވުންތަކާއި ޕާޓީތައް ބާއްވާ ފަރާތްތަކާއި އެތަންތަނަށް ދާ ފަރާތްތަކުގެވެސް ފަރުދީ ޒިންމާ އޮންނާނެ ކަމަށެވެ. އެހެން ގައުމުތަކުގައި މިފަދަ ހަރަކާތްތައް ބާއްވާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އެޅިނަމަވެސް ބޭނުންވަނީ އެ ހިސާބަށް ނުގޮސް، އާއްމުންނަށް މި ބަލީގެ ނުރައްކާ ވިސްނައިދީގެން ކޮންޓްރޯލްކުރުމަށްކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. 

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ އެފަދަ ކަންކަން އެ ސެންޓަރަށް އެންގުމުގައި އާއްމުންގެ އެހީތެރިކަން އެ ސެންޓަރުން ބޭނުންވާކަަމަށެވެ. 

"އޭރުން އަޅުގަނޑުމެންނަށް އެނގޭނެ ކިހާ އަދަދެއްގެ މީހުން އެބައުޅޭކަން ޕާޓީ ބާއްވާ ބޮޑެތި ގެދަރިންސްތައް ބާއްވާ. އެކަންކަމަށް ބަލާފަ އަޅުގަނޑުމެނަށް ފަސޭހަވާނެ އިތުރަށް ފިޔަވަޅެއް އަޅަން."

ޑރ. އަފްޒަލް ވަނީ މިހާރު ހުރި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް