ads
ރައީސް ނަޝީދު--
ކްލައިމެޓް އެމްބެސެޑަރު ކަމުގެ މަސައްކަތް ނަޝީދު ފައްޓަވައިފި
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ "ތީމެޓިކް އެމްބެސެޑަރު"ގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ފައްޓަވައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ރިޔާސަތާއި އެ ފޯރަމްގައި ހިމެނިވަޑައިގަންނަވާ ބަންގްލަދޭޝްގެ އިސް ބޭފުޅުންނާ ނަޝީދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. 

ފޯރަމްގެ ރިޔާސަތު ބެލެހެއްޓެވި ޑރ. އަބްދުލް ކަލާމް އާޒާދާއި ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރްމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ގެ އިސް ބޭފުޅުންނާ ނަޝީދު ބައްދަލުކުރެއްވި އެވެ. 

ކްލައިމެޓް ވަލްނަރަބަލް ފޯރަމް އުފެއްދުމަށް ނަޝީދު ކުރެއްވި ބުރަ މަސައްކަތް ޑރ. ކަލާމް ފާހަގަކުރެއްވި އެވެ. އެ ފޯރަމް އުފެއްދީ 2009 ގައެވެ. އެ ފޯރަމްގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކެވެ. 

އެ ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުގެ ގޮތުން ނަޝީދު މަސައްކަތް ކުރައްވާނީ ޕެރިސް އެގްރީމެންޓުގައި ހިމެނޭ ކަންކަން މި އަހަރު ނިމުމުގެ ކުރިން ގައުމުތަކުން ތަންފީޒު ކުރަން ބާރު އެޅުއްވުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް