ads
ރަޓްމަލަނާ އެއާޕޯޓް--
ބޯޑަރު ހުޅުވުމުން ރާއްޖެ ފްލައިޓުތައް ޖައްސާނީ ރަޓްމަލަނާ އެއާޕޯޓަށް
ބޯޑަރު ހުޅުވުމުން ރާއްޖެއިން ލަންކާއަށް ދަތުރު ކުރާ ފްލައިޓުތައް ޖައްސާނީ ކޮލޮމްބޯގެ ރަޓްމަލަނާ އެއާޕޯޓަށް ކަމަށް ނިންމައިފި އެވެ.

އެކަން އިއުލާން ކުރެއްވީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ޕްރަސަންނާ ރަނަތުންގާ އެވެ. އޭނާ ވިދާޅުވީ އެ ބަދަލާ ގުޅޭ ގޮތުން މޯލްޑިވިއަން އަދި ފްލައިމީ އާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. 

ރާއްޖޭގެ އިތުރުން އިންޑިއާގެ ދެކުނުން ލަންކާއަށް ދަތުރު ކުރާ ބައެއް ފްލައިޓުތައް ވެސް މީގެ ފަހުން ރަޓްމަލަނާ އެއާޕޯޓަށް ޖައްސާނެ ކަމަށް ޕްރަސަންނާ ވިދާޅުވި އެވެ. 

މިހާތަނަށް ރާއްޖޭގެ ފްލައިޓުތައް ޖައްސާފައި ވަނީ ކޮލޮމްބޯގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ އާއްމުކޮށް ދިވެހިން އުޅޭ ހިސާބާ ދުރުގައިވާ އެއާޕޯޓެކެވެ. އެކަމަކު ރަޓްމަލަނާ އެއާޕޯޓަކީ ދިވެހިން އުޅޭ ސަރަހައްދާ ކައިރީގައިވާ އެއާޕޯޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް