ads
ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އިތުރު ދެ ހަފްތާއަށް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފި
ކޮވިޑް19 އާއި ގުޅިގެން އިތުރު ދެ ހަފްތާއަށް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ކޮވިޑް19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާގުޅުންހުރި އިދާރާތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި 20 ސެޕްޓެމްބަރުން ފެށިގެން އެކެއް އޮކްޓޯބަރުގެ ނިޔަލަށް ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. 

އަދި މި ނިންމުން ދެ ހަފްތާ ފަހުން މުރާޖާ ކުރާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ގްރޭޑް 9 އިން މަތީގެ ކުދިންނަށެވެ. 

ނަމަވެސް މާލޭގައި ބަލި ފެތުރުން އިތުރުވާން ފެށުމުން މި ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް