ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބަލަން އޮފީސްތައް އިންސްޕެކްޓް ކުރަނީ
ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށް އޮފީސްތައް އިންސްޕެކްޓް ކުރަން ފަށަން ނިންމާފައިވާ ކަމަށް އެ އެޖެންސީން ބުނެފި އެވެ.

އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް 19 އާ ގުޅިގެން އެއެޖެންސީން އާއްމުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ކުރަމުން ގެންދޭތޯ ބެލުމަށްޓަކައި، އެއެޖެންސީ އާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން މިމަހުގެ 20 ވަަނ ދުވަހުން ފެށިގެން ގްރޭޓާ މާލޭ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. 

އެގޮތުން ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އާންމު ހިދުމަތްދޭ ތަންތަނުން އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލާނެ ކަމަށް ބުނެ އެވެ. 

އެ އިންސްޕެކްޝަނުގައި ވެސް އުސޫލާއި ހިލާފަށް ހިންގާ ތަންތަން ފާހަގަކޮށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެވެ. އެގޮތުން ގައިޑްލައިންއާ ފުރަތަމަ ފަހަރު ހިލާފުވެއްޖެނަމަ 48 ގަޑިއިރަށް އެތަން ބަންދުކުރާނެ ކަމަށާއި ދެވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 72 ގަޑިއިރަށް ބަންދުކޮށް 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން ތިން ވަނަ ފަހަރަށް ގައިޑްލައިންއާ ހިލާފުވެއްޖެނަމަ ފަސް ދުވަހަށް ބަންދުކުރުމަށް ފަހު 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ވެސް ބުނެ އެވެ. 

މީގެ ކުރިން އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔައީ އާންމު ހިދުމަތްދޭ ތަންތަނުން އަމަލުކުރަމުންދަނީ ގައިޑްލައިންއާ އެއްގޮތަށްތޯ ބެލުމަށެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓުތަކާއި ޖިމް އަދި ސެލޫން ފަދަ ތަންތަން ގައިިޑްލައިންއާ ހިލާފުވުމުން ބަންދުކޮށް ޖޫރިމަނާކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް