ads
މެލޭޝިއާގައި ހުންނަ ރާއްޖޭގެ ޑިފެންސް އެޑްވައިޒަރު ކަމަށް ރައުފް ހަމަޖެއްސުން--
މެލޭޝިއާގައި ހުންނަ ރާއްޖޭގެ ޑިފެންސް އެޑްވައިޒަރަކަށް ރައުފް
މެލޭޝިއާގައި ހުންނަ ރާއްޖޭގެ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް އަބްދުއްރައުފް ހަވާލުވެވަޑައިގެންފި އެވެ.

އެމްއެންޑީއެފް އަލަށް އުފެއްދި އެ މަގާމުގެ ފަތްކޮޅު މިއަދު ރައުފްއަށް އަރުވާފައިވާއިރު އެކަން ހާމަކޮށް އެމްއެންޑީއެފުން ވަނީ ޓްވީޓްކޮށްފަ އެވެ. 

އެމްއެންޑީއެފުން ބުނީ މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ޑިފެންސް އަދި ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރައުފް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވެސް މަސައްކަތް ކުރައްވާނެކަން ފާހަގަކުރެ އެވެ. 

ރާއްޖޭގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން އަންނަނީ އެކި ގައުމުތަކުގައި ސިފައިން ތަމްރީނުތައް ހަދަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް