ads
ކްލިނިކަލް ޓްރެއިލްގެ ދަށުން މިހާތަނަށް ތިން ވޮލެންޓިއަރެއްގެ ގަޔަށް އެ ވެކްސިން ޓެސްޓް ކޮށްފައިވެ---
ޗައިނާއިން އުފެއްދި ވެކްސިން އިންސާނުންގެ ގަޔަށް ޓެސްޓް ކުރަންފަށައިފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާއިން އުފެއްދި ވެކްސިން ފުރަތަމަ ފަހަރަށް އިންސާނުންގެ ގަޔަށް ޓެސްޓް ކުރަން ފަށައިފި އެވެ.

އެ ގައުމުގެ ސިނޮވެކް ބަޔޮޓެކް ކުންފުނިން އުފެއްދި އެ ވެކްސިން އާއްމުންނަށް އެންމެ ފުރަތަމަ ދައްކާލާފައިވަނީ ބެއިޖިންގައި މިމަހު ކުރިއަށްދިޔަ ޓްރޭޑް ފެއާގައެވެ. އެ ވެކްސިން އާއްމުކޮށް މިއަހަރުގެ ފަހުކޮޅު ބޭނުން ކުރަން ހުއްދަ ދޭނެ ކަމަށް ބެލެވޭއިރު ކުރިއަށް ދަނީ އެ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހްލީލުތައް ކަމަށް އޭރު ބުނެފައިވެއެވެ.

އެ ގައުމުގެ ރިޕޯޓްތަށް ބުނާގޮތުން މިހާރު ވަނީ އެ ވެކްސިން ފުރަތަމަ ފަހަރަށް އިންސާނުންގެ ގަޔަށް ޓެސްޓް ކުރަން ފަށައިފައެވެ. އެގޮތުން ކްލިނިކަލް ޓްރެއިލްގެ ދަށުން މިހާތަނަށް ތިން ވޮލެންޓިއަރެއްގެ ގަޔަށް އެ ވެކްސިން ޓެސްޓް ކޮށްފައިވެއެވެ. 

އެ ވެކްސިން އަދި މާކެޓަށް ނެރެފައެއް ނުވެއެވެ. ވެކްސިން އުފެއްދި ސިނޮވެކް ކުންފުނިން ބުނެފައިވަނީ އެކުންފުނިން އުފައްދާފައިވާ ވެކްސިންގެ 300 މިލިއަން ޑޯޒް ކޮންމެ އަހަރަކު ބާޒާރަށް ނެރުމުގެ ގާބިލްކަން މިހާރު ވެސް އެބަހުރި ކަމަށާއި ވެކްސިންގެ ކާމިޔާބުކަން މުޅިން ކަށަވަކުރެވި ވެކްސިން ރަސްމީކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބިއްޖެނަމަ ވެކްސިން އުފެއްދުމުގެ ކެޕޭސިޓީ އިތުރު ކުރާނެ ކަމަށެވެ.  

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުން އެ ވެކްސިންގެ އަގު ބޮޑު ނުވާނެ ކަމަށާއި ގާތްގަނޑަކަށް 146 ޑޮލަރަށް ވެކްސިން ގަންނަން ލިބޭނެ އެވެ. ޗައިނާގެ ރައީސް ޒީ ޖިންޕިން ވެސް ވިދާޅުވެފައި ވަނީ ކާމިޔާބު ވެކްސިނެއް ތައާރަފް ކުރެއްވިއްޖެ ނަމަ ޗައިނާގެ ރައްޔިތުންނާއި އެއްވަރަށް ދުނިޔޭގެ ވެކްސިނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ވެސް އިސްކަންދެއްވާނެ ކަމަށެވެ.

ސިނޮވެކްގެ ވެކްސިނަކީ ކޮވިޑް-19 އިން ރައްކާތެރި ވެވޭނެ ވެކްސިނެއް ކަަމަށް ރިޕޯޓްކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް