ads
ފޮޓޯ: ސޯޝަލް މީޑިއާ
ރައީސް ޔާމީން މިިނިވަންވަންދެން މަޖިލިހުގައި އިހްތިޖާޖު ކުރާނަން: ޝިޔާމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވަންދެން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖް ކުރައްވާނެ ކަމުގެ އިންޒާރު ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ދެއްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވަންދެން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖް ކުރައްވާނެ ކަމުގެ އިންޒާރު ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ދެއްވައިފިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ކައުންސިލް މެމްބަރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅަކާ ދޭތެރޭ ސަރުކާރުން ކަންތައް ކުރައްވަނީ ގާނޫނު އަސާސީއާއިވެސް މުޅިން ޚިލާފަށް ކަމަށެވެ.

އަދި އެފަދަ ބޭފުޅަކާ ދޭތެރޭ ސަރުކާރުން އިއްވާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ޖަލަށްލާފައި ވަނީ އެމަނިކުފާނުގެ ސިޔާސީ ކުރިމަގު އެއްކޮށް ފުނޑާލުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ގޮޅިއަށް ލެވިފައިވަނީ ހަމައެކަނި އެމަނިކުފާނު އެކަނި ނޫންކަމަށާއި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވި އެތައް ރައްޔިތުންވެސް ގޮޅިއަށް ލެވިފައިވާ ކަމަށެވެ.

އެހެންކަމުން އެމަނިކުފާނު މިނިވަންދެން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރާނެ ކަމުގެ އިންޒާރުވެސް ޝިޔާމު ވަނީ ރޭގެ އެ ބައްދަލުވުމުގައި ދެއްވާފައެވެ.

ރޭގެ ކައުންސިލް ބައްދަލުވުމުގައި ގިނަ ބޭފުޅުން ވަނީ ޔާމީންއަށް ނުހައްގުން އަނިޔާ ދެމުންދާ ކަމަށާއި އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި ރޭގެ ވަގުތެއްގައި މާލޭ ޖަލު ސަރަހައްދުގައި މުޒާހަރާގެ ހަރަކާތެއްވެސް އިދިކޮޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ އެއްވުމުގެ ތެރެއިން ބަޔަކަށް އަނިޔާވެފައިވާ އިރު މި ވަގުތު ރައީސް ޔާމީން ހުންނެވީ މާފުށީ ޖަލުގައެވެ. އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ ދައުލަތުން އުފުލި މަނީ ލޯންޑާރ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.

މި ކުށް ސާބިތުވުމާ އެކު ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ރައީސް ޔާމީންއަށް ވަނީ އަންގާފައެވެ. ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް