ads
ހާދިސާގެ ރިޕޯޓް ލިބުމާއިއެކު އެމްއެންޑީއެފްގެ މާލެ އެރިއާ ކޯސްޓްގާޑުން ދޯންޏަށް އެހީތެރިވާން ވަނީ ފަށާފަ
18 މީހުންނާއެކު ދަތުރު ކުރި މަސްދޯންޏެއް ފަރަށް އަރައިފި
18 މީހުންނާއެކު ދަތުރު ކުރި މަސްދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މަސްވެރި ކަމަށް ނިކުމެ އުޅުނު 'ހަވާ-16" ނަމަކަށް ކިޔާ ދޯންޏެއް ކ. މާނިޔާފުށި ކައިރި އޮތް ފަރަކަށް އަރާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބިފައިވަނީ 20:30 ހާއިރު ކަމަށާއި ހާދިސާގެ ރިޕޯޓް ލިބުމާއިއެކު އެމްއެންޑީއެފްގެ މާލެ އެރިއާ ކޯސްޓްގާޑުން ދޯންޏަށް އެހީތެރިވާން ފަށާފައިވާ ކަމަށެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް