ads
އިނގިރޭސިވިލާތަށް ކޮވިޑްގެ ދެވަނަ ރާޅެއް އަންނަނީ
އިނގިރޭސިވިލާތަށް ކޮވިޑް-19 ގެ ދެވަނަ ރާޅެއް އަންނަން އުޅޭކަމުގެ އިންޒާރު އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ދެއްވައިފި އެވެ.

ކޮވިޑްގެ ދެވަނަ ރާޅެއް އަންނަ ކަމުގެ މަންޒަރުތައް މިހާރު ފެންނަން ފަށާފައިވާކަން ފާހަގަކުރައްވާ ބޮޑުވަޒީރު ވިދާޅުވީ ލޮކްޑައުންގެ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު އިޖުތިމާއީ ގައިދުރުކަމުގެ ކަންކަން ވަރަށް ރަނގަޅަށް ހަރުކަށިކޮށް ބަލަހައްޓަން ޖެހިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ހުކުރު ދުވަހު އެކަނި ވެސް އެގައުމުން 4322 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. 

ބޮޑުވަޒީރު ވަނީ މިހާރު ކަން ހިނގަމުން އަންނަ ގޮތަށް ބެލުމުން އިތުރަށް ފިޔަވަޅުތައް އަޅަން ޖެހޭކަން އެނގިގެންދާނެ ކަމަށެވެ.

އަދި ބްރިޓިޝް މީހުންނަށް ތައުރީފް ކުރައްވާ ވިދާޅުވީ، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާއި ޕީކް ވަނީ ދަށްކުރެވިފައި ކަމަށެވެ. އެކަމަކު މާގިނަ ދުވަހު ޑިސިޕްލިން ބެހެއްޓުމަކީ ދަތި ކަމަށް ރައްޔިތުންނަށް ވެފައިވާ މަންޒަރު ފެންނަމުންދާކަމަށް ވެސް ވިދާޅުވި އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތް އޮތީ ދުނިޔެއިން ކޮވިޑް އެންމެ ގިނައިން ޖެހުނު 14 ވަނަ ގައުމުގެ ގޮތުގަ އެވެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 388،412 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް