ads
ގައްދޫ--
ގައްދޫ އިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ގދ. ގައްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ގައްދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 46 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. 

ރޭގެ ވަގުތެއްގައި އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުމާއެކު އިތުރު ބަޔަކާ އެމީހާ ބައްދަލުނުކުރާކަން ޔަގީންކޮށް ރައްކާތެރިވުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވެއްޖެ އެވެ. 

ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ އެރަށަށް މަސައްކަތް ކުރުމަށް ދިޔަ މީހެކެވެ. 

މިއީ ގައްދޫ އިން މީހަކަށް ކޮވިޑް ޖެހުނު ފުރަތަމަ ފަހަރެވެ. 

ހޯމް ކަރަންޓީނަށް ރަށްރަށަށް މީހުން ފޮނުވަން ފެށިފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން އަންނައިރު އެޗްޕީއޭގެ ރޭގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގެ 21 ރަށެއްގައި ކޮވިޑްގެ 48 ކޭސް އެބަ އުޅެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް