ads
ވީނަސް--
ވީނަސް އަކީ ރަޝިއާގެ ޕްލެނެޓެއް ކަމަށް ބުނެފި
ވީނަސް އަކީ ރަޝިއާގެ ޕްލެނެޓެއް ކަމަށް އެގައުމުން ބުނެފި އެވެ.

ރަޝިއާ ސްޕޭސް ކޯޕަރޭޝަންގެ ވެރިޔާ ޑިމިޓްރީ ރޮގޮޒިން ވިދާޅުވީ އެ ގައުމުގެ މިޝަނެއް ވީނަސް އަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. 

އޭގެ އިތުރުން އެމެރިކާއާ ގުޅިގެން "ވެނެރާ-ޑީ" ގެ ނަމުގައި ވެސް ވީނަސްގެ މިޝަން އެއް ރަޝިއާއިން ކުރިއަށް ގެންދެ އެވެ. 

ރޮގޮޒިން ވިދާޅުވީ ވީނަސްއަކީ ރަޝިއާ ޕްލެނެޓެއް ކަމަށާއި، އެ ޕްލެނެޓު ދެނެގަތުމުގެ ރޭހުގައި އެ ގައުމުން ފަހަތުގައި އޮވެގެން ނުވާނެ ކަމަށެވެ.

އެހެންކަމުން 2021 އިން 2030 އާ ހަމައަށް ހިންގާ ރަޝިއާގެ ޖައްވީ މިޝަންތަކުގެ ތެރޭގައި ވީނަސްގެ މިޝަން ހިމެނެ އެވެ.

ރަޝިއާއިން އެހެން ބުނެފައި މި ވަނީ ދުނިޔެއިން ފެންނަ ފޮސްފިން ގޭސް ވީނަސްގެ އެޓްމޮސްފިޔާއިން ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނުމާއެކު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް