ads
ކުރެއްދޫ އައިލެންޑް ރިސޯޓް--
އޮކްޓޯބަރުގެ ނިޔަލަށް 94 ޕަސަންޓު ރިސޯޓު ހުޅުވާލަނީ
އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ 94 އިންސައްތަ ރިސޯޓު އަލުން ހުޅުވާލެވޭނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދު ގްލޯބް ޓްރެންޑް މަޖައްލާއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ރާއްޖޭގެ 156 ރިސޯޓުގެ ތެރެއިން 146 ރިސޯޓު އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވުމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ފަތުރުވެރިންނަށް ހުޅުވާލި ފަހުން ރިސޯޓުތަކާއި، ސަފާރީތަކަށް ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައި ވާއިރު، ޓޫރިޒަމް މިނިސްޓްރީން އެކަށައެޅި ގައިޑްލައިނަށް ފެތޭ ރަށްރަށުގެ ގެސްޓުހައުސްތައް ވެސް އަންނަ މަހު ހުޅުވާނެ އެވެ.

އޭގެ އިތުރުން ކޮވިޑުގެ ބަލި މީހުންގެ އަދަދު މާލެ ސަރަހައްދުގައި ކޮންޓްރޯލް ވާން ފަށައިފި ނަމަ، އަންނަ ނޮވެމްބަރު މަހު މި ސަރަހައްދުގެ ގެސްޓުހައުސްތައް ހުޅުވާލާނެ ކަމަށާއި، އަޒުމަކީ 2021 އަށް ޓޫރިޒަމް އަލުން ކޮޅަށް ޖެހުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ. 

ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދު ހީނަރުވެފައި ވާއިރު، އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ކުދި ޖަޒީރާ ގައުމުތަކަށެވެ. މި އަހަރު ރާއްޖޭގެ އާމްދަނީ 30 ބިލިއަން ރުފިޔާގެ ގޮތުގައި ކުރިން ލަފާ ކުރި ނަމަވެސް، އެންމެ ރަނގަޅު ހާލަތުގައި ވެސް އާމްދަނީ ދެން ހުންނާނީ 15 ބިލިއަން ރުފިޔާގައި ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް